ހުޅުދެލީގެ ބިން ބޮޑުކޮށް، މަގުތައް ޒަމާނީ ފެންވަރަކަށް ހަދާނަން: ރައީސް

ހުޅުދެލީގެ ބިން ބޮޑުކޮށް، މަގުތައް ޒަމާނީ ފެންވަރަކަށް ހަދާނަން: ރައީސް

Author
އަހުމަދު
07 އޮގަސްޓް 2023 07:01
0

ކުރިއަށް އޮތް ދައުރުގައި ދ. ހުޅުދެލީގެ ބިން ބޮޑުކޮށް، މަގުތައް ޒަމާނީ ފެންވަރަކަށް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ހުޅުދެއްޔަށް ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރަށަށް ކޮށްދިނުމަށް ދިގު ލިސްޓެއް އޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދާއިރާގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ މަސައްކަތްކޮށް ދިނުމަށް ލިސްޓް ކުރެވިފައި އޮތީ މި ރަށުގައި ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް އަޅައިދީ، އޭޓީއެމް މެޝިނެއް ގާއިމުކޮށް، އާ ކައުންސިލް އިދާރާއެއް އިމާރާތްކޮށްދީ،  ބިން ބޮޑުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތާއި ހުޅުދެލީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި އައިސް ޕްލާންޓެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސްޕޯޓްސް ކަނދުފައްޗަށް މި ރަށް ކައިރީގައި ގާއިމުކޮށްދިނުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ހުރިހާ ކަމެއް ވެސް ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އަދިކަންތަށް ހުށަހައަޅިމުން ގޮސް ބުނާނެފާނެ މުޅިރާޖެއާ އެއްމެހާ ގެދޮރެން ރަނުންވިރުވާއަޅާދޭނަމޭ ެސް ދަރަނިކިތައްމެބޮޑަސް މީހުންހެއްލެނީއަމަށަކުވަރަކަން އިންޑިޔާސިއްރުއެއްބަސްވުންތަކާބިޔަބޮޑުދަރަނ އިންޑިޔާސިފައިން ރާޖޭގަތި ިހަދާންނެތީތަ ރާޖެއަޅުވެތިވަނީ އެހެންކިޔަކިޔަ ވޯޓުލައްދެންއުޅޭނީ މީހުނަށްއަވާމެންދުރުދެއްކުމުގާ