ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ދ. ބަނޑިދޫ ފެނަކަ އާ އޮފީސް އިމާރާތާއި، އައުޓްޑޯ ޖިމާއި، ވޮލީކޯޓް ހުޅުއްވައިދެއްވައިފިއެވެ.
ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުއްވައިދެއްވި، ބަނޑިދޫ ފެނަކަ އާ އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޖާނަ ތަނަވަސް އިމާރާތެކެވެ.
އަދި، މި އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން ބަނޑިދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމާއި، ވޮލީކޯޓު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.
ކޮމެންޓު ފޮނުވާ