ރާޖްގެ މާސްކަށް ބޮޑު ސަމާލު ކަމެއް،

ރާޖްގެ މާސްކަށް ބޮޑު ސަމާލު ކަމެއް،

Author
ފާތިމަތު ނާވީ
09 އޮގަސްޓް 2023 01:52
0

މުޅި މޫނި ފޮރުވޭ ވަރުގެ ބޮޑެތި މާސްކު ތަކުގައި ފެނިގެންދާ ބޮލީވުޑް ގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ބިޒްނަސް މޭނާ ރާޖް ކުންދުރާ އަނެއްކަިއވެސް ތަފާތު މާސްކްއަކާއި އެކުގައި ފެނިއްޖެއެވެ.

އޭނާ މިފަހަރު އަޅައިގެން ހުރި މާސްކް އަށް ވަނީ ވަރަށް ބޮޑު ސަމަލު ކަމެއް ލިބިގެން ގޮސްފައިއެވެ. އެދެމަފިރިން އެކުގައި ކެއުމަކަށް ދިއުމާއި އެކުގައި ޕަޕަރާޒީން ވަނީ އެމީހުންގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ވައިރަލް ކޮށްފައިއެވެ.

މި މާސްކް އަކީ ހޮލީވުޑްގެ ފިލްމް ތަކުގައި އަޅާ އުޅޭކަހަލަ ވަރަށް ތަފާތު މާސްކް އެއް ކަމަށް ސޯޝަލް މީޑިއާގަިއ ކޮމެންޓް ކުރި މީހުން ވަނީ ބުނެފައިއެވެ. އަދި އަނެއް ބަޔަކު ބުނަމުން ދަނީ އެންމެ ބޮޑަށް މި މާސްކް ސިފަވަނީ ޖެކް ފުރުޓް އަކާއި ކަަމަށެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މިފަހުން ފިލްމް އެއް ކުޅެން އުޅޭ ކަމަށް މީޑިއާއިން ބުނަމުން އަންނަ ރާޖް 2001 ވަނަ އަހަރު ގައި ބަރަހަނާ ފިލްމު ހަދައި، އެއިން ބޮޑު އާމްދަނީއެއް ހޯދި ކަމަށް ބުނާ މައްސަލަތަކެއް ފަޅާ އަރައި، ހައްޔަރުކޮށް، ޖަލުގައި ހޭދަކުރުމަށްފަހު ޖަލުން މިނިވަން ވެ މުޅިންވެސް އޭނާ ފެނިގެންދަނީ މިފަދަ ބޮޑެތި މާސްކް ތަކުން މޫނު ފޮރުވައިގެންނެވެ. އަދި ރާޖްގެ ފިލްމް ބިނާވަނީ އޭނާ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އުޅުނު ގޮތުގެ މައްޗަށް ކަމަށްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.