ރިނބިދޫގެ ބަނދަރު ހުޅުވައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި

ރިނބިދޫގެ ބަނދަރު ހުޅުވައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި

Author
އަހުމަދު
07 އޮގަސްޓް 2023 02:15
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. ރިނބުދު އަށް މިއަދު ވަޑައިގެން އެ ރަށު ބަނދަރު ހުޅުއްވައި ދެއްވައި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަަގަކޮށް ދެއްވައިފިއެވެ.

ރައީސް މި މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވީ އެމަނިކުފާނު ދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެމަނިކުފާނު މިއަދު ހުޅުވައިދެއްވި ރިނބުދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި ބަނދަރުގައި، ބޮޑުހިލަ ޖަހައިގެން 367 މީޓަރުގެ ބޭރުތޮށި ލުމާއި 82 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ. ރިނބުދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ސަން ސިޔާމް ކެއަރސްއިން އަޅާފައިވާ ޖެޓީވެސް ހުޅުވައިދެއްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.