"ފްރައިޑޭ ނައިޓް ޕްލޭން" ޕްރެއިލާ ދައްކައިލައިފި

"ފްރައިޑޭ ނައިޓް ޕްލޭން" ޕްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
10 އޮގަސްޓް 2023 08:26
0

ކުރީގެ މަޝްހޫރު ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ ރޯލެއް ކުޅެފައިވާ "ފްރައިޑޭ ނައިޓް ޕްލޭން" އަންނަ މަހު އެކެއްގައި ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައި އޭގެ ޓްރެއިލާ ދައްކައިލައިފިއެވެ.

ޒުވާން ދެ ފިރިހެން ދަރިންގެ މައެއްގެ ރޯލު ޖޫހީ ކުޅެފައި ފިލްމުގައި ދައްކުވައި ދޭނީ މަންމައާ ނުލައި އެއް ދުވަހު އުޅެން ޖެހުމުން ދެބެއިންގެ މެދުގައި ހިނގާ ކަންތައްތަކެވެ. "ފްރައިޑޭ ނައިޓް ޕްލޭން" ގައި ޖޫހީގެ ދަރިންގެ ރޯލު ކުޅެފައި ވަނީ 2020 ގައި މަރުވި އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާނާއި އަމްރިތު ޖަޔަން އެވެ.

 

View this post on Instagram

 

A post shared by Juhi Chawla Mehta (@iamjuhichawla)

 

ފަރުހާން އަކްތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރައިމް ވީޑިއޯގެ "މިރުޒާ ޕޫރު" އާއި ޝާހްރުކް ހާންގެ "ރައީސް" ކަހަލަ ފިލްމުތަކުގެ ކްރިއެޓިވް ޓީމުގައި މަސައްކަތްކޮށްފައިވާ ވަސްތަލް ނީލާކަންތަން އެވެ. މިއީ އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމް އަކީ އަންނަ މަހުގެ 1 ގަައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފައިވާ ފިލްމްއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.