ބޮލީވުޑްގެ ނުފޫޒު ގަދަ ފިލްްމް މޭކާ އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމް އަކަށް ޒުވާން ބަތަލާ ސުހާނާ ހާން ސޮއިކޮށްފި ކަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ.
ސުހާނާ އަކީ ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ކަރަން އާއި ޝާހުއަކީ ވަރަށް ގާތް ދެ މިތުރުންނެވެ. އަދި ހަމަ އެއާއި އެކުގައި ސުހާނާ ގެ މަންމަ އަދި ޝާހުގެ އަންހެނުން ގޯރީ ހާން އަކީވެސް ކަރަންގެ ވަރަށް ގާތް ރަހުމަތެރިއެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ވަރަށް ޒުވާން ލޯބީގެ ހިތްގައިމު ވާހަކައެއް ކިޔައިދޭނެ އެއްޗެއް ކަމަށާއި އޭގެ ސްކްރްޕީންޕްލޭ އަށް ކަރަންގެ ޓީމުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ފިލްމް އާއި ގުޅޭ ގޮތުން މިހާތަނަށް އަދި ރަސްމީކޮން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ. ކަރަންގެ އެންމެ ފަހުގެ ފިލްމަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އެ ފިލްމް އަކީ މިހާރު ވެސް ބްލޮކްބަސްޓާ ފިލްމް އެއްގެ ދަރަޖައިގައި އޮތް ފިލްމްއެކެވެ. ދެން އޭނަ ޑައިރެކްޓްކުރާ ގޮތަށް އޮތީ އެކްޝަން ޖޯންރާގެ ފިލްމެކެވެ.
ކަރަން އަކީ ސުހާނާގެ ބައްޕަ ޝާހްރުކްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ޑައިރެކްޓަރެވެ. އޭހެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުޝީ ކަބީ ޢަމް"، "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ