އަކްޝޭ އާއި ކަރީނާގެ ފިލްމް އަކީ "ކަރްމާ"

އަކްޝޭ އާއި ކަރީނާގެ ފިލްމް އަކީ "ކަރްމާ"

މީގެ ކުރިންވެސް އެކުގައި ފިލްމް ތަކެއް ކުލެފައިވާ ދެ ތަރިން ކަމުގައިވާ އަކްޝޭ ކުމާރު އާއި ކަރީނާ ކަޕޫރު އަނެއްކައިވެސް އެކުގައި ފިލްމް އެއް ކުޅުމަށް ތައްޔާރު ވެފައިވާކަމަށް ހަބަރުތަށް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމުގެ ނަމަކީ "ކަރްމާ" އެވެ. އަދި މިއީ ތެލެގޫ ޕްރޮޑިއުސަރު ސަތިއަނާރަޔަނާ ކޮނެރޫ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ.

އަދި މި ފިލްމްގެ ގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ އަކްޝޭ މިދިޔަ އަހަރުގެ ފިލްމު "ކަތުޕުތުލީ" އާއި 2021 ގެ ފިލްމު "ބެލްބޮޓަމް" ގެ ޑައިރެކްޓަރު ރަންޖީތު އެމް ތިވާރީ ކަމަށް މައުލޫމާތު ލިބެއެވެ.

އަކްޝޭ އާއި ކަރީނާ އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ގުޑް ނިއުސް" އެވެ. މި ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކުތެރޭގައި "އެއިތުރާޒް"، "ކަމްބަކްތު އިޝްތު"، "ތަޝަން"، "ތަލާޝް" އަދި "ބޭވަފާ" ފަދަ ކާމިޔާބު ފިލްމް ތަކެއްހިމެނެ އެވެ. އަދި ހަމަ އެއާއި އެކުގައި މި ޖޯޑަކީ އޮންސްކްރީން ގައި ގިން ބަޔަކަށް ވަރަށް ކަމުދާ ކަޕުލްއެއް ވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *