ނުޝްރަތު ބަރޫޗާގެ އާ ފިލްމު "އަކޭލީ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި ފިލްމް އަކީ ހިތްވަރުގަދަ އަަންހެނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމްއެކެވެ. އެގޮތުން މި ފިލްމްގައި ދައްކައުވައިދޭނީ އިރާގުގައި 2014 ވަނަ އަހަރު ހިނގި ދާހިލީ ހަނގުރާމާގައި ތާށިވި، އެ ގައުމަށް މަސައްކަތްކުރަން ގޮސް އުޅުނު އިންޑިއާ އަންހެނަކަށް ދިމާވާ ކަންތައްތަކެއްގެ ވާހަކައެވެ.
މި ފިލްމްގައި ނުޝްރަތު އާއި އެކުގައި މުހިންމު ރޯލަކުން ފެނިގެން ދާނީ އަމިރް ބޯޓްރަސް އާއި ތްސަހީ ހަލޭވީއެވެ. މި ފިލްމް ގައި ބޮރުން ފިތްކަނޑަިއގެންދާފަދަ އެތަށް މަންޒަރު ތަކެއް ފެނިގެންދާނެ ކަމަށްވެއެވެ.
ޕްރެނޭ މިޝްރަމް ޑައިރެކްޓް ކޮށްފައިވާ މި ފިލްމް އަކީ މިމަހުގެ 18 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ.
ކޮމެންޓު ފޮނުވާ