ކުރީގެ މަޝްހޫރު ބޮލީވުޑްގެ ބަތަލާ ޖޫހީ ޗާވްލާ ރޯލެއް ކުޅެފައިވާ "ފްރައިޑޭ ނައިޓް ޕްލޭން" އަންނަ މަހު އެކެއްގައި ނެޓްފްލިކްސް އިން ގެނެސްދޭން ނިންމައިފި އެވެ.
މި ފިލްމް ނެޓްފްލިކްސް އިން ދައްކަން މަހަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގައިއެވެ. މި ފިލްމް ގެ ލީޑުން ޖޫހީއާއި އެކުގައި ފެނިގެންދާނީ އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން ވެސް ފެންނާނެ އެވެ.
ބާބިލް އަކީ ނެޓްފްލިކްސް އިން ގެނެސްދިން "ގަލާ"ގައި ކުޅުނު ރޯލަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. ޒުވާން ދެ ފިރިހެން ދަރިންގެ މައެއްގެ ރޯލު ޖޫހީ ކުޅެފައި ފިލްމުގައި ދައްކުވައި ދޭނީ މަންމައާ ނުލައި އެއް ދުވަހު އުޅެން ޖެހުމުން ދެބެއިންގެ މެދުގައި ހިނގާ ކަންތައްތަކެވެ.
ފަރުހާން އަކްތަރުގެ އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ ވަތުސަލް ނީލަކަންތަން އެވެ.
ކޮމެންޓު ފޮނުވާ