ޔާމީން އެދުނު ގޮތަށް އިންތިޚާބު ބޮއިކޮޓް ކުރަން ފާހެއްނުވި

ޔާމީން އެދުނު ގޮތަށް އިންތިޚާބު ބޮއިކޮޓް ކުރަން ފާހެއްނުވި

Author
މުޙައްމަދު ޝަޒައިމް
06 އޮގަސްޓް 2023 03:50
0

ސްޕްރީމް ކޯޓުގެ ހުކުމާއިއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ކުރީގެ ރައީސް ޔާމީން އެދިވަޑަައި ގެންނެވި ނަމަވެސް އިންތިޚާބު ބޮއިކޮޓް ކުރުމަށް ސެނެޓްގަިއ ނެގުނު ވޯޓުން ފާހެއް ނުވިއެވެ.

ސެނެޓްގައި ނެގުނު ވޯޓުގައި އިންތިޚާބު ބޮއިކޮޓް ކުރުމަށް ވޯޓުދެއްވީ، 46 މެމްބަރުން، އިންތިޚާބުގައި ބައިވެރިވުމަށް ވޯޓު ދެއްވީ، 67 މެމްބަރުންނެވެ. ބޮޑު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ހަމަނުޖެހުންތަކާއިއެކު ކުރިއަށް ދިޔަ މިބައްދަލިވުމުގައި ހޫނު ބަހުސްތަކެއްވަނީ ކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ އިދިކޮޅު އެންމެބޮޑު ޕާޓީއަކަށްވެ އޮވެ އިންތިޚާބު ބޮއިކޮޓް ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެފައެވެ. އަދި ޕީޕީއެމްގެ މުޅީ ލީޑަރޝިޕާއި، މެމްބަރުންގެ އުންމީދަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް ޔާމީން ޖަލުން މިނިވަން ކުރުންކަމަށެވެ.

ސެނެޓުގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ރައީސް ޔާމީންގެ ޑެޕއިޓީ ކެމްޕޭން މެނޭޖަރަކަށް ހަމަޖެސެވި ކުރީގެ ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މައިގަނޑު އަސާސަކީ އިންތިޚާބުތަކުގައި ވާދަކޮށް އިންތިޚާބުތައް ކާމިޔާބު ކުރުންކަމަށެވެ. ޕީޕީއެމްއިން މިހާލަތުގައި އިންތިޚާބު ބޮއިކޮޓް ކުރުމަކީ ކުރެވޭ ވަރަށް ޒިންމާދާރުކަން ކުޑަކަމަކަށް ވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އިތުރުން ރައީސް ޔާމީނަށް ވަފާތެރި ގިނަ މެމްބަރުން ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވާފައެވެ. އިދިކޮޅު ޖޮއިންޓް ސެނެޓްގެ ނިންމުން ރައީަސް ޔާމީނަށް މިއަދު ފޮނުވުމަށްފަހު ކެނޑިޑޭޓަކު ނެރުމާއިމެދު ގޮތެއް ނިންމިގެންދާނީ އޭގެ ފަހުންކަމަށް މައުލޫމާތު ލިބެއެވެ.

ޕީޕީއެމްއަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީއެންސީން ވަނީ ޑރމުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައެވެ. އަދި މުއިއްޒު ވަނީ ރަނިންމޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސަވާފައެވެ.

ރިޔާސީ އިންތިޚާބުގައި ކުރތިމަތިލުމުގެ މުއްދަތު މާދަމާ މެންދުރު 14:30 އަށް ހަމަވާނެއެވެ. މިހާތަނަށް ކުރިމަތި ލާފައިވަނީ، އެމްޑީޕީން ރައީސް ޞާލިހު، އެމްއެންޕީން ނާޒިމް، ޑިމޮކްރެޓްސް އިން، އިލްޔާސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދުރޭ
ސޮރީ މިފަހަރު ހަދާނީ އަންނި ބުނާ ގޮތް! ޔާމީން އެއީ މާޒީ!