ރޮޝެލް ބަނޑުބޮޑު

ރޮޝެލް ބަނޑުބޮޑު

Author
ފާތިމަތު ނާވީ
08 އޮގަސްޓް 2023 08:53
0

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކީތު ސެކުއެރާ އާއި ރޮޝެލް ރާއޯ ބަނޑުބޮޑުކަން އިއުލާން ކޮށްފިއެވެ.

އެމީހުންގެ ސޯޝަލް މީޑިއާ އެކަން އިއުލާނުކޮށް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ ކަމަށް ވަނީ ބުނެފައިއެވެ. އިންސްޓަގްރާމްގައި ކުރި އިއުލާނާ އެކު އެ ދެ ތަރިން ވަނީ ފޭނުންނަށް ވަރަށް ރީތި ފޮޓޯ އަލްބަމެއް ހިއްސާކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Keith Sequeira (@keithsequeira)

އެއާއި އެކުގައި ގިނަ ބަޔަކު އަންނަނީ އެމީހުންނަށް ތަހުނިޔާ ކިޔަމުންނެވެ. މީ މިދެމަފިރިންގެ އަލަތު ދަރިފުޅެވެ. ކީތު އާއި ރޮޝެލް ކައިވެނި ކުރީ ރަންޓެހިވެގެން އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު 2018 ވަނަ އަހަރުގައިއެވެ.

 

View this post on Instagram

 

A post shared by Rochelle Rao Sequeira (@rochellerao)

ކީތު އާއި ރޮޝެލް އެންމެ ފުރަތަމަ ބައްދަލުވީ ރިއަލިޓީ ޝޯ "ބިގް ބޮސް 9″ އިންނެވެ. 2021 ވަނަ އަހަރު އެ ދެމަފިރިން ވަނީ ކައިވެނީގައި ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ ވާހަކަ ދައްކައި ކައިވެނީގެ ކައުންސެލިން ހޯދުމުގެ ވާހަކަ ދައްކާފަ އެވެ.

 

View this post on Instagram

 

A post shared by Rochelle Rao Sequeira (@rochellerao)

34 އަހަރުގެ ރޮޝެލް އަކީ ބަތަލާއެއްގެ އިތުރުން ހޯސްޓެއްވެސް މެއެވެ. މީގެ އިތުރުން އޭނާ ވަނީ "ދަ ކަޕިލް ޝަރުމާ ޝޯވ" ގެ ބައެއް އެޕިސޯޑް ތަކުން ވެސް ފެނިގެން ގޮސްފައިއެވެ. ޑްރާމާ ސިލްސިލާ ތަކުގެ އިތުރުން ބައެއް ފިލްމް ތަކުން ވެސް ފެނިގެން ގޮސްފައިވާ 53 އަހަރުގެ ކީތު އަކީ މޮޑެލް އެއްގެ އިތުރުން ބައެއް ރިއަލިޓީ ޝޯވ ތަކުގައިވެސް ބައިވެރިވެފައިވާ މީހެކެވެ. މި ދެ ތަރިންނަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ދެތަރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.