"އޯއެމްއެޖީ 2″ ގެ ޓްރެއިލާ ދައްކައިލައިފި

"އޯއެމްއެޖީ 2″ ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
08 އޮގަސްޓް 2023 03:25
0

މިމަހުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމް އޯއެމްޖީ (އޯ މައި ގޯޑް) 2″ ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ލީޑް ރޯލުން އަކްޝޭ ކުމާރާއި ޕަންކަޖް ތުރިޕާޓީ ފެނިގެން ދާނެ މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ޔަމީ ގޯތަމްއެވެ. މިހާރު ޝޫޓިން ނިންމާފައިވާ ފިލްމު ރިލީޒް ކުރާނީ މި މަހުގެ 11 ވަނަ ދުވަހުގައިއެވެ.

"އޯ މައި ގޯޑް" އިން އަކްޝޭ އާއިއެކުގައި ޕަރޭޝް ރާވަލް، މިތުން ކަޗަކްރޮބަތީ، އޯމް ޕޫރީ އަދި ގޯވިންދާ ނާމްދޭވްގެ އިތުރުން ޓިސްކާ ޗޯޕްރާވެސް ފެނިގެންދިޔައެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ބީކޭ މޯދީ ވިކްރަމް މަލޯތްރާ އަދި އަކްޝޭ ކުމާރެވެ. ޑައިރެކްޓަރަކީ އުމޭޝް ޝުކްލާއެވެ.

މީގެ ފުރަތަމަ ފިލްމުން ފެނިގެން ދިއަ ހިންދޫއިންގެ ކަލާންގެ ކްރިޝްނާގެ ރޯލުން މިފަހަރުވެސް ފެނިގެން ދާނީ އަކްޝޭއެވެ. "އޯ މައި ގޯޑް2″ ގެ ޕްރޮޑިއުސަރަކީ އަޝްވިން ވާރްދޭ އާއި އަކްޝޭ ކުމާރެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުމަހުއަ
މިކަމާ ކަން ބޮޑުވާ ޢިލްމު ވެރިޔަކުވެސް އަދި އެއްވެސް މީހަކު ހުރިހެނެއް ހީއެއްނުވޭ ނުބައި ކަންތައް ފެށެނީ ކުދިކަންތައް ތަކުން