އަންނަ މަހުގެ 18 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އަބީޝޭކް ބައްޗަންގެ އާ ފިލްމު "ގޫމަރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު އަންހެން ކްރިކެޓް ކުޅުންތެރިއެއްގެ ކަނާތް ބުރިކޮށްލަން ޖެހުމާއި އެ ނުކުޅެދުންތެރިކަމާ އެކީ ވެސް ގައުމަށް ހިނިތިވުން ގެނެސްދޭން ގުރުބާންވާ އަންހެން ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.
އަބިޝޭކް އާއި އެކުގައި މި ފިލްމް އިން ފެނިގެންދާނީ ބަތަލާ ސައްޔާމީ ކޭރްއެވެ. އޭނާ މި ފިލްމްގައި ފެންނާނީ އެއް އަތް ނެތް ކްރިކެޓް ކުޅުންތެރިންގެ ރޯލުންކަން މީގެ ކުރިން ދައްކައިލި ޓިޒާއިން ވަނީ ކަށަވަރުކޮށް ދީފި އެވެ.
ފިލްމުގެ ކާސްޓްގައި އަބީޝެކް ބައްޗަން، ޝަބާނާ އާޒްމީ އަދި އަންގަދު ބޭދީ ފަދަ ތަރިން ހިމެނެ އެވެ. "ގޫމަަރު" އަކީ 2009 ގެ "ޕާ" އަށް ފަހު، ބަލްކީއާ އެކީ އަބީޝެކް މަސައްކަތްކުރި ދެވަނަ ފިލްމެވެ.
އަބީޝޭކްއާ އެކު މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ސަޔާމީ ކޭރު، އަންގަދު ބޭޑީ އަދި ޝަބާނާ އަޒްމީ އެވެ. މި ފިލްމުގައި އަބީޝޭކް ކުޅެނީ ކްރިކެޓް ކޯޗެއްގެ ރޯލެވެ.
ކޮމެންޓު ފޮނުވާ