ބޮލީވުޑްގެ ކުރީގެ މަޝްހުރު ބަތަލާ ޒީނަތް އަމަން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މިހާރު އުމުރުން 71 އަހަރުގެ ބަތަލާ ސޮއިކުރީ "ބަން ޓިއްކީ" ކިޔާ ފިލްމްއަކަށެވެ. ފަރާޒް އާރިފު އަންސާރީ ޑައިރެކްޓް ކުރާ މި ފިލްމް އާއި ގުޅޭ ގޮތުން މިހާތަނަށް އަދި މާގިނަ މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.
ފިލްމުގެ ކާސްޓްގައި އަބޭ ޑިއޯލް އާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. މި ފިލްމް އަކީ ކޮންކަހަލަ ޖޯންރާއެއް ގެ ފިލްމްއެއް ކަމެއް އަދި ފިލްމް އަޅުވާ ތާރީހްއެއް ވެސް މިހާތަނަށް އަދި ހާމައެއް ނުކުރެއެވެ.
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާގެ ޕްރޮޑަކްޝަން ހައުސް، ސްޓޭޖް 5 އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.
70 އަހަރުތަކުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނު ޒީނަތު އެންމެ ފަހުން ކުޅުނު ފިލްމަކީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާގެ 2019 ގެ "ޕާނިޕަތު" އެވެ.
ކޮމެންޓު ފޮނުވާ