"ޑްރީމް ގާލް 2″ ގެ ޓްރެއިލާ ދައްކައިލައިފި

"ޑްރީމް ގާލް 2″ ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
07 އޮގަސްޓް 2023 01:18
0

ބޮލީވުޑްގައު އަބަދު ވެސް ވަރަށް ތަފާތު ފިލްމުތަކެއް ކުޅެމުން އަންނަ އެކްޓަރު އަޔޫޝްމަން ކްރާނާގެ އާ ފިލްމު "ޑްރީމް ގާލް 2″ ގެ ޓްރެއިލާ އެއް ދައްކައިލައިފިއެވެ.

ޓްރެއިލާ ދައްކައިލައި އިރުގައި މި ފިލްމް އަކީ މީގެ ކުރިންވެސް އެޅުވުމަށް ދެފަހަރެއްގެ މަތިން ތާރީހް ދިން ފިލްމްއެކެވެ. މިހާރު މި ފިލްމް ރިލީޒް ކުރުމަށް މިހާރު ތާވަލް ކޮށްފައިވަނީ މިމަހުގެ 25 އަށެވެ.

 

View this post on Instagram

 

A post shared by Ayushmann Khurrana (@ayushmannk)

ޑްރީމް ގާލްގެ ފުރަތަމަ ބަޔަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާން ފިރިހެނަކު އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ފިރިހެނުންނެއް ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.

"ޑްރީމް ގާލް 2″ އިން ފެންނާނީ ފިރިހެންކުއްޖާގެ ލޯބި ސީރިއަސްކޮށް އަންހެންކުއްޖާ ނުނަގާތީ ދެން ދިމާވާ ކަންތައް ތަކެކެވެ. އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ރާމް ޝާންޑިލްޔާ ޑައިރެކްޓު ކުރާ މި ފިލްމުން ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކެއް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.