އަލިފާން ރޯވީ ބްރޯޑްކާސްޓިން އެކިއުޕްމެންޓެއްގައި، މެންދުރުފަހު ޚިދުމަތް ފެށޭނެ: ޕީއެސްއެމް

އަލިފާން ރޯވީ ބްރޯޑްކާސްޓިން އެކިއުޕްމެންޓެއްގައި، މެންދުރުފަހު ޚިދުމަތް ފެށޭނެ: ޕީއެސްއެމް

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2023 12:47
0

ޕަބްލިކް ސާވިސް މީޑިއާގައި މިއަދު ހިނގައިދިޔަ އަލިފާން ކޮންޓްރޯލް ކުރެވި ޚިދުމަތް ދޭން ތައްޔާރު ވެފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމްގެ އިމާރާތުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކުންފުނިން ކުރި ޓުވީޓުގައި ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓީވީއެމް ބިލްޑިންގެ ބްރޯޑްކާސްޓިން އެކިއުޕްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާ މިހާރު ވަނީ ކޮންޓުރޯލް ކުރެވިފައި ވާކަމަށެވެ. މި ހާދިސާގައި އެއްވެސް މުވައްޒަފަކަށް ގެލުން ވެފައެއް ނުވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި ނޯމަލް ބްރޯޑްކާސްޓިން މެންދުރުގެ ވަގުތެއްގައި ފެށޭނެކަމަށް އެކުން ފުނިން ވަނީ ބުނެފައެވެ. ދައުލަތުގެ މީޑިއާއިން މިހެން ބުނެފައިވާއިރު، މިއަދު މިހާދިސާ ހިނގިފަހުން ޓީވީއަށް އަރުވާފައިވާ ލިޔުމުގައި ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތެއް ކުރާތީ ޓްރާސްމިޝަން މެދު ކަނޑާލާފައިވާކަމަށެވެ.

ނަމަވެސް ފަހުން ވަނީ އެލިޔުން ނެގުމަށްފަހު، ކަލާބާ އަރުވާފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އަދި ހާދިސާއާއި ގުޅޭ މާބޮޑު ތަފްސީލެއް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.