ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަދީލް!

ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަދީލް!

Author
ހުސެއިން
05 އޮގަސްޓް 2023 12:18
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި, އެމްއެންޕީގެ ރަނިންމޭޓެއްގެ ގޮތުގައި, އައްޑޫ ހިތަދޫ ދެކުނު ދާއިރާއަށް ފާއިތުވެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަ ކުރެއްވި ޑރ. އަހުމަދު އަދީލް ހަމަޖައްސައިފިކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި, މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޕީގެ ރަނިންމޭޓް އިއުލާން ކުރުމުގެ ޖަލްސާއަށް ޑރ. އަދީލް މިހާރު ހުންނެވީ މާލެ ވަޑައިގެންނެވެ.

ޑރ. އަދީލް ރަނިންމޭޓަކަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމެއް އެމްއެންޕީން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި ޑރ. އަދީލް ފޯނު ނުނަންގަވާތީ އޭނާގެ ފަރާތުންވެސް އެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ޑރ. އަދީލް ވަނީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާފައެވެ. އޭނާ ވާދަ ކުރައްވާފައިވަނީ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު އިބުރާހިމް ނާޒިލްއާއެވެ.

ޑރ. އަދީލްއަކީ ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވަނީ ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއިންނެވެ. އެއަށްފަހު އޭނާ ވަނީ މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާއިން ޓީޗިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ޙާސިލް ކުރެއްވީ ކިޔަވާދިނުމާއި ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވީ ބުރޫނާއިގެ ދާރުއްސަލާމް ޔުނިވާސިޓީންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ނާޒިމްގެ ރަނިން މޭޓަކު ކަނޑައެޅުމަށް ޚާއްސަ ރަސްމިއްޔާތެއް މިރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ގިނަ ކެންޑިޑޭޓުން އަދި ރަނިންގ މޭޓް އިއުލާނު ނުކުރައްވައެވެ.

އެމްއެންޕީގެ ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައި ވަނީ ޕާޓީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙްމަދު އުޝާމެވެ.

އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 9،838 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.