އިނދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމިނަށް ކުރިމަތި ލެއްވޭގޮތް ނުވެއްޖެ ހާލަތެއްގައި، އިދިކޮޅު ބެކްއަޕް ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒު ހުރި ނަމަވެސް، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނިކުންނަވާނެ ކަމުގައި ރައީސް ޔާމިންގެ ދަރިކަލު ޒެއިން ވިދާޅުވެއްޖެއެވެ.
ރޭ ސުޕްރިމް ކޯޓުގައި ކުރިޔަށްދިޔަ އެމަނިކުފާނުގެ ކެނޑިޑަސީގެ މައްސަލައިގެ އަޑުއެހުންތަކަށްފަހު، ސުޕްރިމް ކޯޓުގެ ބޭރުގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒެއިން ވިދާޅުވީ، އޭނާ އުއްމީދަކީ އަދި ޔަގީން ކުރަނީވެސް، މައްސަލަ ރަގަޅަށް ނިމި ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ވުން ކަމުގައެވެ.
އޭނާ ވިދާޅުވީ ވަކި ގޮތަކަށް ދަންނަވަން ބޭނުން ނުވާކަމަށާއި އެހެންނަަމަވެސް، ރައީސް ޔާމިނަށް ވާދަ ނުކުރެވޭ ގޮތް ވެއްޖެނަމަ ޕީޕީއެމްގެ ކެނޑިޑޭޓަކު ހުންނާނެ ކަމުގައެވެ. އަދި އެފަދަ ހާލަތެއްގައި، ޕީޕީއެމްއާއި ޕީއެންސީންވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރާނެކަމަށްވެސް ޒެއިން ވިދާޅުވިއެވެ.
އަޅުގަޑު ގަބޫލުކުރާ ގޮތުގައި އިންސާފުވެރިކަމާއެކު މިކަން ކުރިޔަށް ގޮސްފިކަމަށް ވެއްޖެއްޔާ ޕީޕީއެމްގެ ކެނޑިޑޭޓަކަށް ވާނީ ރައީސް ޔާމިން. ނޫންކަމުގައި ވަނީ ވެއްޖެއްޔާ ޕީޕީއެމްއިން ވަކި ކެނޑިޑޭޓަކު ނިކުންނަވާނެ. ނިކުންނަވައިގެން ދެ ބޭފުޅުންވެސް ވާދަކުރައްވާނީ ހަމަ ފުރަތަމަ ބުރުގައި. ވާދަ ކުރައްވާއިރު ވަކިގޮތަކަށް އަޅުގަޑު އަދި ބުރަ ވަމެކޭ ދަންނަވާކަށް ނެތިން.
ފުރަތަމަ ފުރުގައި ޕީއެންސީއާއި އަދި ޕީޕިއެމްއިން އެހެން ކެނޑިޑަޓަކު ރިޔާސީ އިންތިޚާބުގެ ފުރަތަ ބުރުގައި ވާދަކުރާ ހާލަތުގައި ވަކި އަތަކަށް މިވަގުތު ޖެހެން ބޭނުން ނުވާކަމަށް މޭރުން ކުރައްވަމުން ޒެއިން ވިދާޅުވިއެވެ.
ރޭ ސުޕްރިމް ކޯޓުގައި ކުރިޔަށްދިޔަ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް، ރައީސް ޔާމިންގެ ކެނޑިޑަސީގެ މައްސަލާގައި ވަކާލާތު ކުރައްވަމުން، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ކޯލިޝަނުން ކަނޑައަޅުއްވާފައިވާ ރައީސް ޔާމީންގެ ކެނޑިޑެސީ އާއި ގުޅޭގޮތުން ޕީޕީއެމްއިން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭ ކަމަށް ނިންމައިފިނަމަ، ޕީޕީއެމުން ކެނޑިޑޭޓަކު ނެރުމަށް އިތުރު ވަގުތުދިނުމަށް ވަނީ އެދިފައެވެ.
ރޭ ބޭއްވުނު އަޑު އެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލް ހަމްޒާ ވިދާޅުވީ އެބޭފުޅުންގެ ހުށަހެޅުމަކީ އިލެކްޝަނުން ނިންމަވާފައިވާ ނިންމުން ބާތިލްކޮށް ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ އަމުރެއް ނެރެދެއްވުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި އިތުރު ކެނޑިޑޭޓަކު ނެރުމަށް ޖާގަ ދިނުމަށް އޭނާވަނީ ފަނޑިޔާރުންގެ ކިބައިން އެދިފައެވެ. މީގެ އިތުރުން ރައީސް ޔާމީނަށް ވާދަކުރެވޭ ކަމަށް ނިންމައިފިނަމަވެސް އިތުރު ވަގުތު ދެއްވުމަށް ވަނީ ހުށަހަޅާފައެވެ.
ރޭގެ އަޑު އެހުމަށްފަހު ރައީސް ޔާމިންގެ އިސް ވަކީލު ޑރ. ޖަމީލުވެސް އަދި ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންވެސް ވިދާޅުވެފައިވަނީ ރައީސް ޔާމިނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމްއިން އެހެން ރިޔާސީ ކެނޑިޑޭޓަކު ނެރޭނެ ކަމުގައެވެ.
One Response
މިސޮރު ކުއްލިއަކައް ސިޔާސީ ވާންފެށީމަ ހަމަހިތައްއަރަނީ މައުމޫނު ފާރިޟް ދޮންކުރިހެން ޔާމިނުވެސް ދެނެއްރައީސްކަމެއް ނުކުރެވޭނެކަން ގަބޫލުކޮއް އަވަހައް ދަރިސޮރު ރައީސްކަމައް ގެނައުމައް މަސަތްކަތްފެށީތާ.. އަސްލު ޒޭންއައް މަސްތުވާތަކެތި ކުޑަމިންވަރަކައް ބޯންއިނގިފައޮތްނަމަ މާކުރިން ޕޯޑިއަމްތަކައްވެސް އަރާނެ.. އަދި ރަހިންބެމެންގެ ލީޑާޟިޕް މުސްކުޅިކުރައްވާފަ ތެޔޮބިޑިބޯ މީހުންނާއި އަދި މަސްތުވެގެންނޫނީ ބައްދަލުވުންތަކައްވެސް ނުދެވޭގޮތް ހަދާނެ. ޔާމިނު ކިތައްމެވަރަކައް ތެޔޮލާފަ އޮމާންކުރިޔަސް އެވާނީހަމަ އެއައް.. ދެންފާތުމަ ނެރެބަލަ..