ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 6770އަށް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 6770އަށް

Author
ހުސައިން
07 އޮކްޓޯބަރ 2020 10:58
0

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 6770އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރ ރާއްޖެއިން އިތުރު 35 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 5 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،656 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 6770 ދިވެހިންނާއި 3886 ބިދޭސީންނެވެ.

އެޗްޕީއޭއިން ވިދާޅުވީ އަންގާރަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިރޭ އިރުއޮއްސި 18:00އާ ހަމައަށް ރާއްޖެއިން އިތުރު 35 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ 81 މީހަކު މި ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19އަށް ޕޮޒިޓިވްވި 32 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 3 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 1068 މީހުންނެވެ. މީގެ ތެރެއިން 387 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 63 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި 6 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 81 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9547އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1123 ސާމްޕަލެއް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކާއި، 19 ރިސޯޓެއްގައި ކޯވިޑް-19 ޖެހިފައިވާ މީހުން އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 60 ދިވެއްސަކަށާއި، 65 ބިދޭސީންނަށް ކޯވިޑް-19 ޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 10 ފަތުރުވެރިއަކަށާއި 15 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.