އެކްޓަރު އަޔޫޝްމަން ކްރާނާގެ އާ ފިލްމު "ޑްރީމް ގާލް 2″ ގެ އާ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.
ފިލްމްގެ އައު ޕޯސްޓަރެއް ދައްކައިލި އިރުގައި މި ފިލްމް އަކީ މީގެ ކުރިންވެސް އެޅުވުމަށް ދެފަހަރެއްގެ މަތިން ތާރީހް ދިން ފިލްމްއެކެވެ. އައު ޕޯސްޓަރުގައ ވާގޮތުން މި ފިލްމް ރިލީޒް ކުރުމަށް މިހާރު ތާވަލް ކޮށްފައިވަނީ މިމަހުގެ 25 އަށެވެ.
ޑްރީމް ގާލްގެ ފުރަތަމަ ބަޔަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާން ފިރިހެނަކު އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ފިރިހެނުންނެއް ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ގެނެސްދޭ "ޑްރީމް ގާލް" އަކީ ޑައިރެކްޓަރު ރާޖް ޝާންޑަލިޔާ ލިޔެ 2019 ގައި ގެނެސްދިން "ޑްރީމް ގާލް" ގެ ސީކްއެލް އެވެ. މި ފަހަރު ފިލްމުގެ ބަތަލާ އަކީ ނުޝްރަތު ބަރޫޗާގެ ބަދަލުގައި އަނަންޔާ ޕާންޑޭ އެވެ.
"ޑްރީމް ގާލް 2″ އިން ފެންނާނީ ފިރިހެންކުއްޖާގެ ލޯބި ސީރިއަސްކޮށް އަންހެންކުއްޖާ ނުނަގާތީ ދެން ދިމާވާ ކަންތައް ތަކެކެވެ. އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ރާމް ޝާންޑިލްޔާ ޑައިރެކްޓު ކުރާ މި ފިލްމުން ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކެއް ފެނިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ