"ތާލީ" ގެ ޓީޒާއެއް ދައްކާލައިފި

"ތާލީ" ގެ ޓީޒާއެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2023 05:04
0

ޓްރާންސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯރީ ސާވަންތު ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ވެބް ސީރީޒް "ތާލީ" ގެ ޓީޒާއެއް އާންމުކޮށްފިއެވެ.

މިމަހުގެ 15 ވަނަ ދުވަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ "ތާލީ" އިން ޝްރީގޯރީ ސާވަންތު ގެ ރޯލުން ފެނިގެންދާނީ ހުނަރުވެރި ބަތަލާ ސުޝްމީތާ ސެންއެވެ. މި ވެބް ސީރީޒް ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ ޖިއޯ ސިނެމާ ޕްލެޓްފޯމުންނެވެ.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

ކުރީގެ މިސް ޔުނިވާސް އަދި އުމުރުން 47 އަހަރުގެ ކުޅަދާނަ ބަތަލާ މި ވެބްސީރީޒް ގައި ކުޅެފައިވަނީ ޓްރާންސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯރީ ސާވަންތުގެ ރޯލެވެ. މި ރޯލު ކުޅުމަށް ސުޝްމިތާ ވަނީ ހަށިގަނޑަށްވެސް ބަދަލުތަކެއް ގެނެސްފައިއެވެ. އެގޮތުން އޭނާ ވަނީ ބަރުދަށް އިތުރުކޮށްފައިއެވެ.  "ތާލީ" ޑައިރެކްޓްކޮށްފައި ވަނީ ރަވީ ޖާދަވު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.