"ކާންތާ" ތަފާތުވާނެ

"ކާންތާ" ތަފާތުވާނެ

Author
ފާތިމަތު ނާވީ
05 އޮގަސްޓް 2023 12:10
0

ސައުތު ސިނަމާގައި މަޝްހޫރު އެކްޓަރު  ދަލްގޫރް ސަލްމާން ގެ ކުރިއަށް އޮތް ފިލްމް "ކާންތާ" ގެ ފަސްޓް ލުކް ޕޯސްޓަރު ދައްކައިލައިފިއެވެ. މި ފިލްމް ގެނެސްދެނީ މީގެ ކުރިން އިންޑިއާގެ ސިނަމާއިން ފެނިފައި ނުވާ ކަހަލަ ވަރަށް ތަފާތު ފިލްމެއްގެ ގޮތުގައިއެވެ.

މި ފިލްމްގެ ޕޯސްޓަރުގައި ދަލްގޫރު ފެނިގެންދަނީ ވަރުގަދަ ޝޭންޑަލީއާ އެއްގެ ދަށުގައި ހުއްޓިގެން ފުރަހަށް ހުއްޓައިއެވެ. ހުދާ ކަލޫގެ މި ޕޯސްޓަރުން ތަފާތު އިހުސާސު ތަކެއް ގެނެސްދެއެވެ.

"ކާންތާ" އަކީ "ބާހްބަލީ" ގައި ބައްލާދޭވްގެ ރޯލު ކުޅުނު ރާނާ ދަގޫބަތީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ސެލްވަމާނީ ސެލްވަރާޖް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ދަލްގޫރް ވެސް ހިއްސާވެ އެވެ. ނަމަވެސް އަދިވެސް ފިލްމް ތަފާތުވާ ގޮތެއް އަދި ފިލްމް އާއި ގުޅޭ މާގިނަ މައުލުމާތެއް މިހާތަނަށް ހިއްސާކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Spirit Media (@thespiritmedia)

ސައުތުގެ އިތުރުން ބޮލީވުޑްގައި ވެސް ފިލްމް ތަކުން މަގުބޫލު އެކްތަރު އެންމެ ފަހުން ފެނިގެން ދިއައީ "ސީތާ ރަމަން" އިންނެވެ. "ކާންތާ" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.