މިރޭ ނޫނީ މާދަން ރަނިންގ މޭޓް ކަނޑައަޅާނަން: ރައީސް

މިރޭ ނޫނީ މާދަން ރަނިންގ މޭޓް ކަނޑައަޅާނަން: ރައީސް

ގުޅުންހުރި

ރަނިންމޭޓެއް ކަނޑައެޅުމަށްފަހު، ވަރަށް އަވަހަށް ފޯމް ހުށަހަޅުއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، އަންނަ ހޯމަދުވަހު އެ ފުރުސަތު ބަންދުވާނެއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި އުޅުއްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިޙް ހަނިމާދޫގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަނިންމޭޓްކަމަށް ހަމަޖައްސަވާނެ ބޭފުޅެއް މިރޭ ނޫނީ މާދަމާ ކަނޑައަޅުއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު މަސައްކަތްކުރައްވަމުންދަނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުއްވުމަށްކަމަށެވެ.
"ނަންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ އަޅުގަނޑު ނިންމައިގެން މިހުރީ މިރޭ ނޫނީ މާދަމާ އެކަމުގައި ފައިނަލް ޑިސިޝަނެއް ނަގަން. އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު ފޯމް ހުށަހަޅަން" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓް ކަނޑައަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސާފައިވާއިރު، ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އެހެން ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތްނަމަވެސް އެއްވެސް ޕާޓީއަކުން މިހާތަނަށް ރިޔާސީ ކެނޑިޑޭޓްގެ ފޯމް ހުށަހަޅާފައެއް ނުވެއެވެ. އަދި ރަނިންމޭޓްވެސް އިއުލާންކޮށްފައެއްް ނުވެއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ