މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނަމުގައި އުފައްދާފައިވާ ޕާޓީއަކީ މިސަރުކާރުގެ %100 ކޯލިޝަން ބައިވެރިއެއް ކަމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްލާއިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްޓީޑީގެ ސިޔާސީ މަޤްސަދަތުތަކާއި ގުޅޭގޮތުން މުހަމަދު އިސްމާއިލް ވިދާޅުވީ، މި ޕާޓީއަކީ ސިޔާސީ ގޮތުން މިސަރުކާރަށް އެހީތެރިކަމާއި މަދަދުދޭން އުފައްދާފައިވާ ޕާޓީއެއްކަމަށެވެ. އަދި މި ޕާޓީ ރަސްމީކޮށް ކޯލިޝަންގައި ނެތްކަމުގައި ވީނަމަވެސް މިއީ ކޯލިޝަންގެ ހިއްސާ ބޮޑު ކޯލިޝަންގެ ބައިވެރިއެކޭ ނުބުނެވޭނެ އެއްގޮތެއްވެސް މިހާރު ނެތްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
އެމްޓީޑީގެ ލީޑަރު ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ލީޑަރ ކަމުގެ ދަށުން އުފައްދައިފައިވާ އެއްޓީޑީ އަކީ ސިއްރުވެރި ގޮތެއްގަ ސަރުކާރު ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތްކުރާ އެމްޑީޕީގެ ކޯލިޝަންގެ %100 ބައިވެރިއެކޭ ބުނުމުގެ ދިރިހުރި ހެކި ފެންނަމުންއެބަދޭ ؟ pic.twitter.com/sBq5CSERDl
— Mohamed Ismail (@Muhmed_Ismail) December 4, 2020
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރައްވަމުންދަނީ ގޭގައެވެ. އަދީބު ގޭގައި ބޭއްވުމަށްފަހު ރައީސް ޔާމީން ޖަލުގައި ބޭއްވުމުން އިދިކޮޅުގެ ގިނަ ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް ކުރިމަތިވެފައެވެ.
އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އެމްޓީޑީ އުފެދިގެން އައިއިރު ސިޔާސީ ގޮތުން ކުރީސަފުން ފެނުނު ބައެއް ބޭފުޅުން އެޕާޓީން ފެނިގެން ދިޔަ ނަމަވެސް މިހާރު އެޕާޓީގެ އެއްވެސް ހަރަކާތެއް އޮންނަ ތަނެއް އަދި އެއިން ބޭފުޅެއްގެ ހަބަރެއްވެސް ނުވެއެވެ. އަދި އޭރު އެމްޓީޑީއަށް ސޮއިކުރި ގިނަ މީހުންވަނީ މިހާރު އެޕާޓީން ވަކިވެ އެހެން ޕާޓީތަކާއި ގުޅިފައެވެ.
ކޮމެންޓު ފޮނުވާ