ރާއްޖޭގެ މޫސުން މިއަދު ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓު އޮފީހުންވަނީ މިއަދު 9:15 އިން ފެށިގެން 15:00 އާ އާހަމައަށް މ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެއޮފީހުން ލަފާކުރައްވަނީ މިއަދު ރާއްޖޭގެ ހުރިހައި ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
Alert White for strong winds of 19-24 mph and gusts of 45 mph with rough seas. pic.twitter.com/w83yBqxnwz
— Maldives Meteorology (@MetMaldives) December 5, 2020
ރާއްޖޭގެ އުތުރުން ސްރީލަންކާގެ ގަލްފް އޮފް މަނާރުގައި އުފެދިފައިވާ ބުރެވި ތޫފާނާ ގުޅޭގޮތުން މެޓް އޮފީހުން ވިދާޅުވީ، އެ ތޫފާނުގެ ދުވެލި މަޑުވެ ކޮޅިގަނޑަކަށް ބަދަލުވެފައިވާކަމަށެވެ. އަދި މި ތޫފާނުގެ މިސްރާބު ހުރީ ރާއްޖެއާ ދުރަށް ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ