ހއ.ދިއްދޫއިން ތިން ފުލުހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެއްވެސް މީހަކާއި ކޮންޓެކްޓްވެފައިނުވާ ފުލުހެއް ކުޅުދުއްފުށިން ޕޮޒިޓިވްވުމާއި ގުޚިގެން، 150 ވުރެ ގިނަ ފުލުހުން ވަނީ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައެވެ. އަދި 88 ފުލުހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ހއ.ހޯރަފުށިން 8 ސާމްޕަލާއި ދިއްދޫން 23 ސާމްޕަލާއި ކުޅުދުއްފުށިން 23 ސާމްޕަލާއި ށ.މިލަންދޫން 2 ސާމްޕަލާއި އެއަތޮޅު ފޯކައިދޫން 6 ސާމްޕަލާއި ކަނޑިތީމުން 2 ސާމްޕަލް އަދި ފުނަދޫއިން 24 ސާމްޕަލެވެ.
މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ބައެއް ފުލުހުން ކަރަންޓީގައިތިބީ ދިއްދޫގައެވެ. އަދި އެމީހުން ކޯވީޑަށް ޓެސްޓްކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ނެގި ސާމްޕަލްތަކުން 3 ފުލުހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ކުޅުދުއްފުށިން ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ، ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އެކްލަސްޓާއަށް ނިސްބަތްވާ ތިން ފުލުހުން ދިއްދޫއިން ޕޮޒިޓިވްވެފައިވާއިރު އިއްޔެ ވަނީ ކުޅުދުއްފުށީން އިތުރު 2 ފުލުހަކުވެސް ޕޮޒިޓިވްވެފައެވެ.
ކޮމެންޓު ފޮނުވާ