މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައި: ޓޮމް

މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައި: ޓޮމް

Author
އަޒްފާ ރަޝީދު
26 ޖުލައި 2023 07:10
0

މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައި، ހައިކޯޓް ފަނޑިޔާރުންގެ ޗުއްޓީއަކުން ދިވެހިރާއްޖެ އަޅުވެތިކަމަށް ދޫކޮށްލާއިރު، ރިޔާސީ އިންތިޚާބުގެ ގޮތް ނިންމުންއޮތީ ހައިކޯޓް އެ ދެ ފަނޑިޔާރުންނާ ގުޅިފައި، ހިތްވަރުނެތިއްޔާ ތަނާޒިލްވުމަށް ރައްޔިތުންގެ މަޖިލީގުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް (ޓޮމް) ގޮވާލައްވައިފިއެވެ.

ޠާރިޤް މިހެން ވިދާލުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކުން މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ޓްވީޓް ކޮށްފައިވަނިކޮށް، މިއަދު އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޠާރިޤް މިފަދައިން ޓްވީޓުކޮށްފައިމިވަނީ ހައި ކޯޓިގައި އޮތް ރައީސް ޔާމިންގެ މައްސަލަ ހުއްޓުމަކަށް އައިސްފައިވަނިކޮށެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވައިގެން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އިއްވި ޙުކުމުގެ މައްސަލަ އޮތީ ހައި ކޯޓުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މަޑުޖެހިފައިވަނީ ނިމުމަކާއި ހަމަޔަށް ގޮސްފައި ވަނިކޮށެވެ.

އެގޮތުން އެ މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާ އިސްތިއުނާފީ ނުކުތާތައް ހުށައަޅާ، އެ ނުކުތާތަކަށް ދައުލަތުން ވަނީ ޖަވާބު ވެސް ދީފައެވެ.

ހައިކޯޓުގައި އޮތް މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުން ޗުއްޓީ ނެންގެވުމާއި ގުޅިގެންނެވެ.

އިންތިޚާބީ ހައްޤުތައް ކަށަވަރުކުރުމަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރިމް ކޯޓަށް ހުށައަޅާފައިވާއިރު، އިއްޔެ އެމައްސަލަވެސް ވަނީ ބޭރުކޮށްލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.