އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ، ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަލީދް އަބޫ ޢަލީއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއިއެކު އޮންނަ އޮތުން ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ހައްޤު ހޯދުމަށް އެ ޤައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ޤައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. ރާއްޖެއަކީ އަަބަދުވެސް ފަލަސްޠީނުދެކެ ލޯބިވާ ރައްޔިތެއް ދިރި އުޅޭ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރައްވާ ތާޢިދު ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި މިއަދު އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އެކަންކަމަށް ހައްލު ގެންނަންޖެހޭ ކަން ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޒާހިރު ޢަލީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްޠީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައި ކަމަށާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމަށެވެ. އަދި ފަލަސްޠީނުގެ މައްސަލަައިގައި އަބަދުވެސް ރާއްޖޭގެ ސަރުކާރުން އަބަދުވެސް ތަޢީދުކުރާނީ ފަލަސްޠީނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދް އަބޫ ޢަލީއާ ބައްދަލުކުރެއްވުން. pic.twitter.com/CIVgYiZ2Zi
— Ministry of Islamic Affairs (@MVIaffairs) July 25, 2023
ރާއްޖެއާއި ފަލަސްޠީނާއިދެެމެދު ވެވޭ އެއްބަސްވުމާއިއެކު މިގުޅުން އިތުރަށް ބަދަހިވެ، މުހިންމު ދާއިރާތަކުން އެހީތެރިކަން ދެ ޤައުމަށްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަމުގައި އެހީތެރިކަން ދެވިދާނެ ދާއިރާތަކާގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ކޮމެންޓު ފޮނުވާ