އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މަސީހު ހަމަޖެއްސި ވާހަކަ އެޕާޓީން ދޮގު ކޮށްފިއެވެ.
މިއަދު ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މަސީހު ރިޔާސީ ކެނޑިޑޭޓަކަށް ހަމަޖައްސާ، ރަނިން މޭޓަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހަމަޖެއްސުމަށް ރައީސް ޔާމިން ވަނީ ނިންމަވާފައެވެ. އަދި ބައެއް މީޑިއާތަކުން ވަނީ، ރަނިން މޭޓަކަށް ޔާމިންގެ ގާނޫނީ ވަކީލު ޑރ. ޖަމީލް ހަމަޖެއްސިކަމަށްވެސް ރިޕޯޓު ކޮށްފައެވެ.
އެހެންނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެފައިވަނީ ރައީސް ޔާމިން ނޫން އެހެން އެއްވެސް ފަރާތަކަށް ޓިކެޓް ދިންކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމުގައެވެ. އަދި އޭނާ ވަނީ ރަނިން މޭޓަކު އައްޔަން ކޮށްފިކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގު ކޮށްފައެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިން ނޫން އެހެން އެއްވެސް ފަރާތަކަށް ދީފައި ނުވާކަމަށް އެޕާޓީން ބުނި ނަމަވެސް، "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް، އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މިހާރު ތިބީ ތައްޔާރަށެވެ. އެގޮތުން، އެފަދަ ހާލަތެއްގައި ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒުއާއި، ކުރީގެ ރައީސް ވަހީދުއާއި، ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމްގައި ހުންނެވި އައްސާން މައުމޫންއާއި އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހިމެނޭކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މަސީހު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ މައުލުމާތު ލިބިފައެވެ. ރައީސް ޔާމިނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި މަސީހުއަށް ޓިކެޓް ދިނުމުގެ ވިސްނުން ރައީސް ގެންގުޅުއްވާކަމަށްވެސް "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރިން ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.
ހަމައެއާއެކު، ރައީސް ޔާމިންއަށް ފުރުސަތު ހަނިވަމުން ދާއިރު، އެފުރުސަތު ރައީސް ޔާމިނަށް އެކީ ގެއްލިއްޖެނަމަ ދެން ގޮތެއް ނިންމަން ޖެހެނީ ޕާޓީގެ ސެނެޓުން ކަމަށްވާތީ، ސެނެޓް ނިންމުމުގައި ބައިވެރިވުމަށް ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންވެސް މިހާރު މާލެ އަންނަން ފަށާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
One Response
ތީއެމްޑީޕީގެެ ސޮހޮލުންގޮތްް ހުސްވެގެންް ގޮވޭމޮޔަަ މިހާރުު އެސޮރުމެންް ފިލަންތައްޔާރުވަނީީ އަދީބުު ފޮނުވާލީީ ދެންދާނީީ އިބޫޫ ދެންމާރިޔާާ ދެންް އެމްސީހަމީދުެ ދެންް އަސްލަމްާ މިހެންގޮއްސަަ އެންމެންް ފިލާބެެ ޝާހިދުމެންް ވެސްް ޕެކުކުރަންް ފެށީީ އެންމެންް ފިލާނެެ ހުރިހާދެރައެއްް އާއްމުު ރައްޔިތުންނައްް