ޖޭޕީއާއި އެމްއާރުއެމްގެ ބައްދަލުވުމުން ނަތީޖާއެއް ނުނެރެވުނު

ޖޭޕީއާއި އެމްއާރުއެމްގެ ބައްދަލުވުމުން ނަތީޖާއެއް ނުނެރެވުނު

ގުޅުންހުރި

ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން މިއަދު ބޭއްވެވި މަޝްވަރާތަކުން ވަކި ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ޖުމުހޫރީ ޕާޓީން ބުނެފިއެވެ.

ޖޭޕީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ފާރިޝް މައުމޫން ވިދާޅުވީ ޖޭޕީއާއެކު މިއަދު ބޭއްވުނު ބައްދަލުވުމުން ވަރަށް އުއްމީދީ މަންޒަަރެއް ފެނިގެންދާ ކަމަށެވެ. އެހެންނަމަވެސް އަދި ޖޭޕީގެ ހުށަހެޅުންތަކާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މިކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އަޅުގަނޑުމެންނަަށް ވަރަށް އުއްމީދީ މަންޒަރެއް ފެނިގެން އެބަދޭ. އަޅުގަނޑުމެން މައިގަނޑުގޮތެއްގައި އެކުގައި މަސައްކަތްކުރާ ބަޔަކު އެކުގައި މަސައްކަތް ކުރެވޭނެ ހާލަތަށް އައުމަށްޓަކައި އެންމެ އިސްކަން ދެނީ ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމު އެދޭ އިސްލާހީ ބަދަލުތައް ގެނައުުމަށް، އެހެންވީމަ މިކަންކަމާމެދު މަޝްވަރާ އަޅުގަނޑުމެން ކުރިން.

މިއަދު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވިއެވެ.

މިއަދުގެ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމް ވިދާޅުވީ މި ވެރިކަން ނިންމުމަށް ކުރަމުންދާ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި، މަޝްވަރާތައް ކުރިޔަށްދިޔަ ނަމަވެސް ވަކި ގޮތެއް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމުގައެވެ.

އަޅުގަނޑުމެން އެބަބަލަން ރައްޔިތުން ބޭނުންވާ ބަދަލު އެންމެ ފަސޭހައިން ގެނެވޭނެ ދިމާލަކީ ކޮބައިތޯ. އެހެންވީމަ އެދިމާލަކަށް ދާން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ކެނޑިޑޭޓަކީ ރައްޔިތުންގެ އުއްމީދުތަކާއި އިހުސާސްތަކަށް ވަރަށް ބޮޑަށް ވިސްނާ ވަޑައިގެން ޑިސިޝަން ނަންގަވައިގެން ހުރި ބޭފުޅެއް. އެހެންވީމަ މިފަހަރުވެސް ރައްޔިތުންގެ އުއްމިދުތައް ހާސިލްކުރުުމަށްޓަކައި އެމަނިކުފާނުއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް އެމަނިކުފާނުކޮށްދެއްވާނެ. އަދި ރައްޔިތުން ބޭނުންވެގެން މިއުޅޭ ބަދަލު ގެނެވޭނީ ކޮމަން ކެނޑިޑޭޓެއް ނެރެގެން ކަމަށް ސިޔާސީ ގިނަ ބޭފުޅުންނަށް ޤަބޫލުނުކުރެވޭ. މިއީ ބޮޑު މަސައްކަތެއް އެހެންކަމުން ވަކި ގޮތެއް ނިންމަން އެޕާޓީތަކަށްވެސް ވަގުތު ބޭނުންވާނެ.

މިއަދުގެ ބައްދަލުވުމަށްފަހު އަމީން ވިދާޅުވިއެވެ.

ޖުމޫހޫރީން ފާއިތުވެދިޔަ ދެމަހެއްހާ ދުވަހު ވަނީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޕާޓީތައް ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކާވެސް ސިޔާސީ މަޝްވަރާތައް ބާއްވާފައެވެ. އަދި އިދިކޮޅުން އެއް ކެނޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އެހެންނަމަވެސް މިއިން އެއްވެސް މަޝްވަރާއަކުން އެއްވެސް ނަތީޖާއެއް މިހާތަނަށް ނެރެވިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިއީ ދެބުޅާ ބޯކިބާ ބަހާ ގޮތަށް ކޮންމެ މީހަކުވެސް ތިމަންނައަށް ބޮޑުބައި ހޯދަން ބާއްވާ މަޝްވަރާތަކެވެ. އެކަމަކު މިތިބެނީ ހަމަ ރައްޔިތުންނަށްޓަކަޔޯއެވެ. ސަހަރޯއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ