ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2023 02:09
0

ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ކުރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

މި ޕެކޭޖުގެ ތެރޭގައި ހުރި 2 ޕަކެޓުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، މެޕަޑްރޯންއަށް ޕިޒިޓިވް ވެފައިވާކަމަށެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުލްމަ 2020 ގުރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 3.6 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ލަފާ ކުރެވޭކަމަށް ކަރެކްޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.