ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ އެ ޕާޓީގެ ރިޔާސީ ކެނޑުޑޭޓް ގާސިމް އިބުރާހިމަށް ތާއީދު ހޯދުމަށް، ޖުމުހޫރީ ޕާޓީގެ 50 ޓީމަކުން މިއަދު މަލާގެ އެކި ސަރަހައްދުތަކުގައި ދޮރުން ދޮރަށް ހިނގައިފިއެވެ.
ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން އެ ޕާޓީގެ ފަރާތުން މިއަދު މާލޭގައި ކުރިޔަށް ގެންދިޔަ ޑޯޓުޑޯ އިވެންޓް ފަށާފައިވަނީ މިއަދު ހެނދުނު ކުނޫޒުންންވެ. މިގޮތުން މި އިވެންޓް ފެށުމުގެ ގޮތުން ކުނޫޒުގައި ބޭއްވި އިވެންޓުގައި ކުރީގެ ނާއިބު ރައީސް ޖިހާދުއާއި، ގާސިމް އިބުރާހިމްގެ ތަރުޖަމާން އަމީންގެ އިތުރުންވެސް ޖުމުހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް @qasimibrahim ގެ ރިޔާސީ ކެމްޕެއިން ދޮރުން ދޮރަށް.
ލީޑަރގެ ތަރުޖަމާން @ameenex ގެ ވާހަކަފުޅުދެއްކެވުން.#Qasim2023 pic.twitter.com/L0vodBPBdI
— Qasim2023 (@qasim2023mv) July 22, 2023
ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އެޕާޓީގެ ޓީމުތައް ދަނީ އަތޮޅުތަކުގައިވެސް ހަރަކާތްތެރި ވަމުންނެވެ. މިގޮތުން ރ. އަތޮޅާއި، ބ. އަތޮޅާއި، އަދި ކ. އަތޮޅުގެ ހުރިހާ ރަށަކަށް އެޕާޓީގެ ޓީމުތަކުން މިހާރުވަނީ ދަތުރު ކޮށްފައެވެ. އޭގެ އިތުރުން، ހުވަދޫ އަތޮޅާއި އަދި އައްޑޫ އަތޮޅުގެ ރަށްތަކުގައިވެސް އެ ޕާޓީގެ ޓީމުތަކުން މިހާރުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
ޖޭޕީގެ ރިޔާސީ ކެނޑިޑެޓް ޤާސިމް އިބުރާހިމް ރިޔާސީ ކެމްޕޭނަށް އަދި ދަތުރުތައް ފައްޓާފައި ނުވިނަމަވެސް ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަމަށް މައުލޫމާތު ލިބެއެވެ.