އަޔުޝްމާން ގެ "ޑްރީމް ގާލް 2″ ގެ ދައްކައިލުމެއް

އަޔުޝްމާން ގެ "ޑްރީމް ގާލް 2″ ގެ ދައްކައިލުމެއް

Author
ފާތިމަތު ނާވީ
22 ޖުލައި 2023 10:35
0

ބޮލީވުޑްގެ އެކްޓަރ އަޔުޝްމާން ކުރާނާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ ފެނިގެންދާ ފިލްމު "ޑްރީމް ގާލް 2″ ގެ ކުރު ވީޑިއޯ ކޮޅެއް ދައްކައިފިއެވެ.

މި ވީޑިއޯ ކޯލުގައި ފެނިގެންދަނީ އަޔުޝްމާންއެވެ. ނަމަވެސް މި ވީޑިއޯ ކޮޅުގައި އޭނާގެ މޫނު ފެނިގެންނެއް ނުދެއެވެ. ރަތް ކުލައިގެ ގަޔަށް ބާރު ގައުން އެއްގައި އޭނާ ފަރިދައްކަމުން އުޅޭ މަންޒަރުތަކެއް ފެންނަ މި ވީޑިއޯ ކޮޅު ދޫކޮށްލަމުން ބުނެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައި ވަރުގަދަ ސަޕްރައިޒްއެއް ދޭނެކަމަށެވެ.

 

View this post on Instagram

 

A post shared by Ayushmann Khurrana (@ayushmannk)

މި އަހަރުގެ ޖޫން 29 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ މި ފިލްމް މިހާރު ސިނަމާތަކަށް ގެންނަން ނިންމައިފައިވަނީ ޖުލައި 7 ގައިއެވެ.  2019 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޑްރީމް ގާލް"ގެ ސީކުއެލް އެކެވެ. އެ ފިލްމުގެ ލީޑުން ވެސް ފެނިގެންދިޔައީ އަޔުޝްމާން ކުރާނާއެވެ. ނަމަވެސް ލީޑް ބަތަލާ އަކަށް އެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ނުޝްރަތު ބަރޫޗާއެވެ.

ޑްރީމް ގާލްގެ ފުރަތަމަ ބަޔަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާން ފިރިހެނަކު އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ފިރިހެނުންނެއް ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.

"ޑްރީމް ގާލް 2″ އިން ފެންނާނީ ފިރިހެންކުއްޖާގެ ލޯބި ސީރިއަސްކޮށް އަންހެންކުއްޖާ ނުނަގާތީ ދެން ދިމާވާ ކަންތައް ތަކެކެވެ. އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ރާމް ޝާންޑިލްޔާ ޑައިރެކްޓު ކުރާ މި ފިލްމުން ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކެއް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.