އެމްޑީޕީއަށް ތުޅާދޫ ކައުންސިލް މެޖޯރިޓީ ގެއްލިއްޖެ

އެމްޑީޕީއަށް ތުޅާދޫ ކައުންސިލް މެޖޯރިޓީ ގެއްލިއްޖެ

Author
މުޙައްމަދު ޝަޒައިމް
19 ޖުލައި 2023 10:21
0

ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއަށް ތުޅާދޫ ކައުންސިލްގެ ދެ މެންބަރުން ސޮއިކުރުމާއެކު އެރަށު ކައުންސިލްގެ މެޖޯރިޓޯ އެމްޑީޕީއަށް ގެއްލިއްޖެއެވެ.

ރޭ ތުޅާދޫގައި ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރެއްވީ ތުޅާދޫ އެމްޑީޕީގެ ދެ ކައުންސިލަރުން ކަމަށްވާ، އިސްމާޢީލް ދާއޫދު އާއި، އަހަމަދު އާދިލްއެވެ. ވިޔަފާރި ސިޔާސަތުތައް ތައާރަފްކުރުމަށް ދަ ޑިމޮކްރެޓް ޕާޓީން މިއަދު އެއްފަހަރާ 36 ރަށަށް ވަނީ ފުރައިފައެވެ.

މިއީ އެ ޕާޓީގެ ކައުންސިލުން ނިންމައިގެން ކުރާ ދަތުރުތަކެކެވެ. ދަތުރުތަކުގެ ބޭނުމަކީ އެ ޕާޓީގެ ވިޔަފާރި ސިޔާސަތު 'ފަސޭހަ ވިޔަފާރި' ތައާރަފްކުރުމެވެ.

މި އިވެންޓުގެ މައި އިވެންޓު އޮތީ ބ. ތުޅާދޫގައި ރޭގައެވެ. މިރޭ އެ ޖަލްސާގައި ދެ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކުރެއްވިއިރު ޑިމޮކްރެޓްސްގެ ފަރާތުން ފޯމު ބަލައިގަތީ ރައީސް ނަޝީދެވެ.

ތުޅާދޫ ދާއިރާގެ މެމްބަރަކީ ރައީސް ނަޝީދާއި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ހިސާން ހުސެއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.