ގައުމީ މަސްލަހަތު އިސްކޮށް، އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި

ގައުމީ މަސްލަހަތު އިސްކޮށް، އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި

ގުޅުންހުރި

ގައުމީ މަސްލަހަތު އިސްކޮށް، އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބުމަށް އަޒުމް ކަނޑައަޅެމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ހިޖްރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ޤައުމީ ތަރައްޤީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ޤައުމު ބިނާކުރުމަށާއި އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދިނުމަށް ކަމަށެވެ.

"ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.،" ރައީސް ވިދާޅުވި އެވެ.

ހިޖްރައިގެ މަތިވެރި ހާދިސާއާއި ގުޅިފައިވާ އެންމެ މުހިންމު އެއް މަޤްޞަދަކީ، މައްކާގެ ބިމުގައި ނާމާންކަމާއި ހިތްދަތިކަމުގައި އުޅެމުން ދިޔަ މުސްލިމުންނަށް، މަދީނާގެ ބިމުން އުފާވެރިކަމާއި އަމާންކަން ހޯއްދަވައިދެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަދީނާގެ ބިމުގައި އިސްލާމީ އުންމަތް ކުރިލައި ހެދިގަތީ، ހިޖްރައަށް ފަހުގައި މުސްލިމުންނަށް ލިބުނު އަމާންކަމާއި ހިތްހަމަޖެހުމުން ކަމަށާއި އެ މަތިވެރި ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތަކުން ޢިބްރަތް ހާސިލުކުރަން ރައީސް ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

މީގެއިތުރުން ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ދައްކަވައިދެއްވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާކަން ފާހަގަކުރެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހުރިގޮތަށް ހުރި ގައުމީ މަސްލަހަތެއް . އަންބޮޑި އަށް ގައުމެއް ގެ ނެތް ފެންވަރުން ބޮޑު ކުރުމާ އައުވާނުން ނަށް ބައިއެޅުމާ ، ގައުމެއްގެ ހަރުމުދާ ވިއްކުމާ ސަލާމަތް ނުވެވޭވަރަށް އުފަން ނުވާ ޅަދަރިން ވެސް ދަރަނި ވެރި ކުރުވުން ގައުމެއް ގެ ގޮހޮރު ފަޅާ ކެއުން އޮތްހާލަތުން ވެއްޓި ހަރު އެއްޗެއް ވެސް ގައުމުގެ ބަޑުގަ ސަލާމަތުން ނެތުން .އަވަށްޓެރި ތަންދޮރު އޮޅުން ފިލާ މީހުން ދައްކަނީ މިސްޓަރ ގައްޔޫމުގެ ސިޔާދަތު ރަގަޅު ވާހަކަ . އެމީހުން މިސްޓަރ ގައްޔޫމް ކިޔަނީ ރައިސްޔާމީނަށް . ތިމީހެއްގެ ކޮރަޕްޓް ވާހަކަ އާ މިގައުމުގެ ހާލަތާ އެމީހުން ގެ ހާލަތު ގުޅުވާ ދެލޮލުން ކަރުނަ ހިލޭވަރަށް ދައްކަނީ ކޮރަޕްޓް ވެރި ކަމެއް ގެ ވާހަކަ .

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ