ރަނިންގްމޭޓާއި ބެހޭ ގޮތުން ނޫސްވެރިން ފަތުރަނީ ދޮގު ވާހަކަތަކެއް: ރީކޯ

ރަނިންގްމޭޓާއި ބެހޭ ގޮތުން ނޫސްވެރިން ފަތުރަނީ ދޮގު ވާހަކަތަކެއް: ރީކޯ

Author
އަޒްފާ ރަޝީދު
18 ޖުލައި 2023 09:01
0

ރައީސް ޞަލިހްގެ ރަނިންމޭޓަކަށް ހައްދަވާނީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެފައިވާކަމަށް ނޫސްތަކުގައި ބުނެފައިވާތީ، ނުސްވެރިން ދޮގު ވާހަކަ ނުފެތުރުމަށް ރީކޯ މޫސާ މަނިކު ގޮވާލައްވަިފިއެވެ.

މޫސާ މަނިކު މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙްގެ ރަނިންމޭޓަކަށްވުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށްބުނެ އަޑު ފަތުރަނީ ޕާޓީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވެ ފައްޔާޒް އިސްމާޢީލް ހިތްހަމަ ނުޖެހުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވާހަކަ ދައްކަވަނީ ރީކޯ މޫސަ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ފައްޔާޒަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެންބަރުންނާ އެކު އުޅެވޭނެ މީހެއް ކަމަށެވެ. އޭގެ އިތުރުން ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތާގައި މެންބަރުންނާ ދިމާކުރުމަކީ ފައްޔާޒް ވެސް ކޮށްގެން ވާނެކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

“ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ.” ރީކޯ މޫސަ މިއަދު ވިދާޅުވިއެވެ.

ރަނިންމޭޓެއް ކަނޑައެޅުމުގެ މައްސަލާގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ރަނިންމޭޓަކަށް އެކިނަންތައް ހުށަހެޅެމުން އަންނަ ކަމަށާއި، ކޮންމެ ރެއަކުހެން އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.