ރިޔާސީ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމްއިން ގޮވާލައިފި

ރިޔާސީ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމްއިން ގޮވާލައިފި

Author
ހުސެއިން
18 ޖުލައި 2023 01:18
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު 2023 ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް ހިންގެވުމާއި ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބުދުއްރަހީމް ގޮވާލައިފިއެވެ.

އަބުދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމުގައެވެ. އަދި ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލާކަމަށް އަބުދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ފަސްކުރުމަށް އަބުދުއްރަހީމް ގޮވާލައްވާފައިވާއިރު، އަންނަ ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމިނަށް ވާދަކުރެވޭނެކަމުގެ އުއްމީދުތައް ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ، ހައި ކޯޓުގައި މިހާރު ކުރިޔަށްދާ، ޔާމީނުގެ އިސްތިއުނާފްގެ މައްސަލަ، ބެންޗުގެ ބައެއް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން، މިމަސްތެރޭގައި ނުނިމޭނެކަމަށް މިހާރު ބެލެވެމުވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލާނީ މިމަހުގެ 23 ވަނަ ދުވަހުން އަންނަ އޯގަސްޓުމަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ. މިމުއްދަތުގައި ޔާމިން ޖަލުން މިނިވަން ނުވެއްޖެނަމަ، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ޔާމިންގެ ކިބާގައި ފުރިހަމައެއް ނުވާނެއެވެ.

އެހެންކަމުން މިހާރު ބެލެވޭގޮތުގައި، ޔާމިންގެ ކެނޑިޑަސީއާއި ގުޅޭގޮތުން ދެން ގޮތް ނިންމާނީ ސުޕްރިމް ކޯޓުންނެވެ. ޔާމިން މިހާރު ތަންފީޒު ކުރަމުންދާ ހުކުމަށް ބަލާއިރު، ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ސުޕްރިމް ކޯޓުން ފަހިވެދާނެކަމަކަށް ގިނަ ގާނޫނީ ބޭފުޅުން އުއްމީދެއް ނުކުރައްވައެވެ. އަދި ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުމުގެ ފުރުސަތު ދިނުމަށް ބޭރުގެ އެއްވެސް ގައުމަކުންވެސް އަދި ޖަމިއްޔާ ޖަމާއަތަކުންވެސް މިހާތަނަށް ގޮވާލާފައެއްވެސް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔާމީނުގެ ދައުރުގަ ސިޔާސީ ކިތައް ބޭފުޅުންތޯ ޖަލުގަ ގެންގުޅުނީ؟ ރިޔާސީ އިންތިހާބު ކާމިޔާބު ކޮއްފާނެހެން ހީވާ ހުރިހާ ހުރިހާ ބޭފުޅުން ތިބީ ޖަލުގެ ކުޑަ ގޅީގަ. ޔާމީނަށް ކުރިމަތި ނުލެވެްޔާ މިހާރު ރިޔާސީ އިންތިހާބު ވެސް ފަސްކުރަންވ ކިހާ ހެއްވާ؟؟
ބ ބޭބެ
އެހެންތަ؟ އަޅެދެބޯބުރާޗެއްތަ؟ ޔާމީނުގެ ހައްޤާއެއްވސރަށް އެހެން މީހުންގެ ހައްގުވެސް އޮންނާނެދޯ؟ އެއީނަބިއްޔެއްތަ؟ ނޫނީ ރަސޫލެއްތަ؟ ކަލޭމެން ތިބޭ ނަޖިސް ސާފުކުރަން ހުދުކުރަން! އެކަމަކު ކަޅުފޮނތިގަނޑެއްގަ ކިތަންމެވަރަކަށް ހުދުދަވާދުލިޔަސް ދަވާދުފިލާއިރު އެއީކަޅު ފޮށްޗަށް ނުވާނެ ގޮތެއް ނޯންނާނެ އެވެ!
ދ ދެއުޅި
2018ގަ އިންތިހާުބު ބޭއްވީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގަބާއްވާފައެއްނޫންތޯ
އ އަދުރެ
ބެރަކުން ނުގޮވާނެ، ސަބަބު ބައިވަރު.
އ އަލިހޮއްކޮ
އެގާރަ އަހަރު ވަންދެން ރިޔާސީ އިންތިޚާބު ލަސްކުރިޔަސް އަދި ނުނިމެއެވެ. ކަމިޝަން ނެގުމާއި މަނީ ލޮންޑަރިންގ ގެ އަނެއް މައްސަލަވެސް އޮތީ ބޯމަތިވެފައެވެ. އެހެންވީމާ ބާވީހަކަށް އަހަރަށް އަދި ރައީސް ސޯލިހު ވެރިކަމުގައި އިންތިޚާބު ނުބާއްވާ ވެރިކަމުގައި ހުންނަން ޖެހެއެވެ. އަދި އަދުރޭ ބުނާގޮތް ހަދަން ގާނޫނު އަސާސީވެސް ބަދަލުކުރަން ޖެހެއެވެ.
ކ ކައިދާ
ޢަދުރޭ ބުއްދި ހަމަތޯ