ދަ ޑިމޮކްރެޓްސް އަކީ ޗެލެންޖެއް ނޫން: ރައީސް

ދަ ޑިމޮކްރެޓްސް އަކީ ޗެލެންޖެއް ނޫން: ރައީސް

Author
އަޒްފާ ރަޝީދު
17 ޖުލައި 2023 09:37
0

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީ އަކީ އެމްޑީޕީ އަށް ޗެލެންޖެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުފުޅަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށާއި އެކަމުގައި ތަފާތެއް އައިސްފައި އޮތްތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ނަޝީދު ވާދަކުރައްވާނަމަ ކިހާ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވޭނެތޯ ސުވާލު ކުރެއްވުމުން ރައީސް މިސާލު ނެންގެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީންނެވެ.

"ޕާޓީ އެތެރޭގެ ޕްރައިމަރީގެ ނަތީޖާ ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު ކެންޑިޑޭޓަކު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޕްރައިމަރީއަކުންނެވެ. އެގޮތުން ޑިމޮކްރެޓްސްގެ ޕްރައިމަރީ އަށް ހުޅުވާލަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އަންނަ އާދިއްތަ ދުވަހު ހުޅުވާލާ އިރު، އެ ފުރުސަތު އަންނަ މަހު 7 އަށް ހަމަވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާކާލިބުރުވާލި
ޑިމޮކްރެޓްސްއަކީީ އިބޫގެެ އެންމެބޮޑުު ޗެލެންޖުު އެކަންފެންނާނެެ ވަތުތުޖެހޭއިރުު އަންނަނީީ އަންނަނީީ