އޮގަސްޓު މަހަށްފަހު އިންޓަރނެޓްގެ އަގު ބޮޑުތަނުން އަގު ހެޔޮވެގެންދާނެ: ރައީސް

އޮގަސްޓު މަހަށްފަހު އިންޓަރނެޓްގެ އަގު ބޮޑުތަނުން އަގު ހެޔޮވެގެންދާނެ: ރައީސް

ގުޅުންހުރި

2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ކެންޕެއިން ކުރެއްވި އިރު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް، އިންޓަނެޓް ގެ ޚިދުމަތުގެ އަގު ހެޔޮ ކުރެވިފައިވާ ކަމަށާ، އަދި ކުރިއަށް އޮތް އޮގަސްޓު މަހަށްފަހު އިންޓަރނެޓްގެ އަގު ބޮޑުތަނުން އަގު ހެޔޮވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ވ. ރަކީދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއި އެއްވަރަށް ދިވެހިއްރާއްޖެވެސް ފައިހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޓަރނެޓަކީ މުހިންމު ވަސީލަތެއް ކަމަށްވާއިރު، އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ވައުދުވެވަޑައިގެންނެވީވެސް އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ.

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ އިންޓަނެޓްގެ ދުވެލި ހަލުވިކޮށް އަދި އިތުރަށް އަގުހެޔޮ ކުރެވޭނެ ގޮތްތައް ފަހި ކުރަމުންދާ ކަމަށާ، އެގޮތުން ފްރާންސްގެ މާސޭ އިން ސިންގަޕޫރަށް އެ އަޅާ ސަބްސީ ކޭބަލް ރާއްޖެއަށް އެންގަން ކުރެވުމުން ހިދުމަތުގެ އަގު ބޮޑުތަނުން ހެޔޮ ވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ސަރުކާރުގެ ކުރަން އުޅޭ ކަމަކީ ހިދުމަތުގެ ތެރެއަށް ވަނުން ނޫން ކަމަށެވެ. އެހެނެއް ކަމަކު އެކަން ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ