ސަރުކާރާއި ދެކޮޅަށް ރައްޔިތުން އުފުލާ އަޑު ކަނޑުވައި ނުލެވޭނެ: ޑިމޮކްރެޓްސް

ސަރުކާރާއި ދެކޮޅަށް ރައްޔިތުން އުފުލާ އަޑު ކަނޑުވައި ނުލެވޭނެ: ޑިމޮކްރެޓްސް

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2023 11:26
0

ސަރުކާރުން ހިންގާ ޤާނޫނާއި ޚިލާފް އަމަލުތަކާއި، ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަމުގައި އަޑު އުފުލާ މުޒާހަރާ ކުރުމަކީ ސަރުކާރަށް ހުއްޓުވޭނެ ކަމެއް ނޫންކަމަށް ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

ހަސަން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރުގައި ރާއްޖޭގައި މުޒާހަރާ ކުރުން މަނާ ކުރާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ވިދާޅުވުމާއި ގުޅިގެންނެވެ. މ. އަތޮޅު ދިއްގަރުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި އިމްރާން ވިދާޅުވީ ދެން މުޒާހަރާ ކުރަން ޖާގައެއް ނުދޭނެ ކަމަށާއި ރާއްޖޭގެ ސިޔާސީ ހަރަކާތް ހިންގަން ދެނެއް "ގަޔަށް ބޮލަށް އަރާ، ފެން އުކާ ވެލި އުކާކަށް ޖާގައެއް ނުދޭނެ" ކަމަށެވެ. އަދި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާ ކުރުން ކަމަކަށް ނުދޭނެ ކަމަށެވެ.

އިމްރާންގެ މި ސަރުކާރުން ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިފަައްޓަން އުޅޭ ކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ. އޭނާ ވިދާލޅުވީ ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ އަޑުއުފުލުން ކަނޑުވާ ނުލެވޭނެކަމަށެވެ.

ސަރުކާރުގެ ކޮރަޕްޝަނާއި, ވައްކަމާއި, ރިޝްވަތު އާންމުކޮށް, ހިއުމަން ޓްރެފިކާއި ޑްރަގް ޓްރެފިކްގެ މައްސަލަތައް އޮއްބާލައި, ރާާއްޖޭގެ ކަނޑުވިއްކާލުމަށްފަހު ރ.ސޯލިހު މިހާރު ތިޔަ ނުކުންނެވީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހިފަހައްޓާންތޯ؟

– ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ސޯލިހު މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އިއްޔެ ހަވީރު ދިއްގަރަށް ވަޑައިގެންނެވި ވަގުތު އިިދިކޮޅު ފަރާތްތަކުން ރައީސާ ދެކޮޅަށް އަޑުއުފުލިއެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު އެވަގުތު ވަނީ ހައްޔަރުކޮށްފައެވެ.

މިޖަލްސާގައި އިމްރާން ވަނީ ޑިމޮކްރެޓްސް، ޕީޕީއެމް އަދި އެހެން ޕާޓީއެއް ވިއަސް އެމްޑީޕީގެ ބޭފުޅުން ރަށްރަށަށް އަރާއިރު، މުޒާހަރާ ނުވަތަ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައެވެ. އިމްރާން އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ޓީމު ނުކުމެއްޖަމަ، ޕީޕީއެމް މީހުން އަދި ޑިމޮކްރެޓްސް މީހުންނަށް ވެސް އެ ޓީމު ހިފަހައްޓާ ނުލެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.