އާރުޓީއެލް ހިންގަނީ ބޮޑު ގެއްލުމެއްގައި، އޭގެ ގެއްލުން ދިގު މުއްދަތެއްގައި ފެންނާނެ: ނާޒިމް

އާރުޓީއެލް ހިންގަނީ ބޮޑު ގެއްލުމެއްގައި، އޭގެ ގެއްލުން ދިގު މުއްދަތެއްގައި ފެންނާނެ: ނާޒިމް

Author
ހުސެއިން
16 ޖުލައި 2023 09:34
0

މި ސަރުކާރުން ތައާރަފްކޮށްފައިވާ، ސްޕީޑް ފެރީގެ ޚިދުމަތަކީ ބޮޑު ގެއްލުމެއްގައި ފޯރުކޮށްދެމުންދާ ޚިދުމަތެއް ކަމަށާއި، އޭގެ ގެއްލުން ކުރުމުއްދަތެއްގައި ނުދެއްކި ނަމަވެސް، ދިގު މުއްދަތެއްގައި އޭގެ ގެއްލުން ފެންނާނެ ކަމުގައި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އޭނާގެ ރިޔާސީ ކެމްޕެއިން، އުޖާލާޒަމާން ކެމްޕެއިންގެ ތެރެއިން "ނާޒިމަށް ސުވާލެއް"ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ލައިވްގައި އާންމުން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ.

އެމްއެންޕީން ކުރިޔަށް ގެންދިޔަ ލައިވްގައި އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރުން ތަންފީޒު ކުރަމުންދާ އާރުޓީއެލް ފެރީ ނިޒާމަށް ބަދަލުތަކެއް ގެންނަވާނެ ކަމުގައެވެ. އެގޮތުން ގެންގުޅުއްވާ ދެ ވިސްނުމަކީ މާލެއާއި ހުޅުމާލެ ރޭލުގެ ނިޒާމަކުން ގުޅުވާލުންކަމަށް ވިދާޅުވަމުން ދެވަނަ ކަމެެއްގެ ގޮތުގައި އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަން މިހާރު ހިންގަމުންދާ މޮޑެލްއަށް ބަދަލު ގެނައުމެވެ.

އަޅުގަނޑުގެ ސަރުކާރެއްގައި މާލެއިން ފެށިގެން ހުޅުމާލެއަށް ރޭލުގެ ނިޒާމަކުން ގުޅާލާނަން. ހަމައެޔާއެކީގައި މާލެ ހުޅުމާލެއަށް، މާލެއިން އެއަރޕޯޓަށް، އެއަރޕޯޓުން މާލެއަށް ދެވޭނެ. ރޭލު ސާވިސް، ތަހުޒީބީ ޒަމާނީ ފެންވަރުގައި ބާރުގައި ދުވާ.. ހަމަޖައްސާނަން. އޭރަށް ކޮންޖެކްޝަން ފިލީ، އަރާމުގައި ދަތުރުކުރެވިގެން ދިޔައީ. ހެޑޭކް ފްރީވީ.

ނާޒިމް ވިދާޅުވިއެވެ.

އޭނާގެ ވާހަކާގައި އިތުރަށް ވިދާޅުވީ، އާރުޓީއެލް އައުމުން ބޯޓު ދަތުރު ކުރަމުންދިޔަ ފަރާތްތަކަށް ގެއްލުން ވެއްޖެ ކަމަށާއި، އޭނާގެ ވެރިކަމެއްގައި އިތުރަށް ލޯނޗުފަހަރު ބަނުން ހުއްޓާލާނެ ކަމުގައެވެ.

ދަތުރު ފަތުރުގެ ނިޒާމަށް ގެންނާނެ އިތުރު ބަދަލެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ ދަރަނި ކުޑަކުރުމުގެ ގޮތުން އެއަރޕޯޓު ގްރައުންޑް ހޭންޑްލިން ޚިދުމަތް އައިލޭންޑް އޭވިއޭޝަންއާއި ހަވާލު ކުރުމެވެ.

ގްރައުންޑް ހޭންޑްލިން އެއްކަމަކަށް އިރާދަކުރެއްވިއްޔާ އައިލެންޑް އޭވިއޭޝަނާ ހަވާލުކުރާނަން. އެމަސައްކަތުގެ ތެރެއިން އެމީހުންގެ ދަރަނި ކުޑަކުރެވިގެންދާނެ. އަދި ދަތުރުފަތުރު އަގުހެޔޮކޮށް ކުރެވޭނެ.

ނާޒިމް ވިދާޅުވީ އައިލޭންޑް އޭވިއޭޝަންއަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނީ އެ ކުންފުނިން ޕްލޭން ކުރެވިފައި އޮތް ގޮތުގެ ސަބަބުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އޯކޭބެ
ވިއްކާނެޢެއްޗެއް ނެތީމާދެރަ ނިކަމެތިމީހާގެ ޖީބުގަ އިތުރު ރުފޔާފޮއްޗެއް އޮން ނަންވެސް ބޭނުންނުވެގެން ތިއުޅެނީ ހަމަޔަގީނުންވެސް ތިންރުފިޔާ ދިއްކޮންގެންވެް މީހުންހުގަނެވިގެން ކިޔާއަދަދުތއް ބޮޑީ ދެއްތޯ މިހާރުވެސް ކުންފުނީގެ ފަސްދޮޅަސް ފަސެންޓު ޢޮތީ ހަމަ އިންޑިޔާގެ ކުންފުނިތަކައް ވިއްކާފަ
ހ ހޯލި
ކޮބާފެރީނިޒާމަށްގެންނަބަދަލަކީ