ފިލްމު އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ފިލްމު އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Author
ފާތިމަތު ނާވީ
16 ޖުލައި 2023 05:17
0

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު،  އަންނަ މަހު ބާއްވާ ގައުމީ ފިލްމު އެވޯޑަށް ފިލްމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

10 ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި ފިލްމު ބައިވެރިކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މުއްދަތު މިހާރު ވަނީ މި މަހުގެ 20 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެކަމަށް އެދޭ ފޯމް އެންސީއޭ އިން މިހާރު ލިިބޭނެ އެވެ. އަދި އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މި އެވޯޑް އިންތިޒާމް ކުރާ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނީ މި ފަހަރުގެ އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ 2019-2022 އަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.

މީގެ އިތުރުން އެންސީއޭ އިން ބުނެފައިވަނީ މި އެވޯޑް ދިނުމުގެ މަގުސަދަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުންކަމަށެވެ.

މިއެވޯޑުގެ ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 7906246 ނަންބަރު ފޯނާއި ގުޅުއްވުން އެދޭކަމަށްވެސް އެންސީއޭއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.