ސަލާމަތީ ބާރުތަކުން ފަހަތަށް ޖެހިލައްވާ، މިއީ އެއްލައްކަ ދިވެހިންގެ އާދޭސް:ޝިޔާމް

ސަލާމަތީ ބާރުތަކުން ފަހަތަށް ޖެހިލައްވާ، މިއީ އެއްލައްކަ ދިވެހިންގެ އާދޭސް:ޝިޔާމް

Author
އަޒްފާ ރަޝީދު
15 ޖުލައި 2023 01:13
0

މުޒާހިރާގެ ބައިވެރިން މަދު ނަމަވެސް، ދިވެހި ސަލާމާތީ ބާރުތަކާއި ހަމައަށް މި ފޯރުވައިދެނީ އެއްލައްކަ ދިވެހިންގެ އާދޭސްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތަކަށް ފުލުހުންނާއި ސިފައިން ހުރަސް އެޅުމާއިއެކު ނުރުހުން ފާޅުކުރައްވާ ޝިޔާމް ވަނީ ސަލާމަތީ ބާރުތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ އިހުތިޖާޖުގެ ބައިވެރިން މަދުނަމަވެސް، ސަލާމަތީ ބާރުތަކާއި ހިސާބަށް ގެނެސްދޭ ވާހަކަތަކަކީ 100،000 ދިވެހި ރައްޔިތުންގެ “އާދޭސް” ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ފުލުހުންނާއި ސިފައިންނާއި ހިސާބަށް ގެނެސްދެމުން ދަނީ އެތައް ދިވެހި ރައްޔިތުންނެއްގެ ކަންބޮޑުވުންތައްކަމަށެވެ. އަދި ވިދާޅުވީ، ސިފައިންގެ ބޭފުޅުންގެ ގައިގައި ހިނގާނީ “ވަތަނީ” ލޭކަން ކަށަވަރުކަމަށެވެ. އަދި މަސައްކަތްކުރައްވަމުން ދަނީވެސް ޒަމީރާއި ދެކޮޅަށްކަން އެނގިވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމަކަށް އަންނަނީކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސިފައިންނާއި ފުލުހުންވެސް ބޭނުންވާ ފަދަ ވެރިކަމެއް އިދިކޮޅުން ގާއިމު ކުރާނެ ކަމަށާއި، އިދިކޮޅުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ފަސްގަނޑުން އަކަ އިންޗިއެއްވެސް ދުލެއް ނުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.