ރާއްޖޭގެ މަޝްހޫރު ފިލްމްސްޓާރު މަރިޔަމް އައްޒަ ގެ ބޮޑު ހުވަފަނެއް ހަގީގަތަކަށް ވެއްޖެއެވެ.
އިންސްޓަގްރާމްގައި ފޮލޯވަރުން އެންމެ ގިނަ މަޝްހޫރު ފިލްމީ ތަރި، އައްޒަ އަކީ އިންސްޓަގްރާމްގައި އެންމެ ގިން ފޮލޯވަރުން ތިބި ދިވެހި ފިލްމްސްޓާރެވެ. ނަމަވެސް އެ ޕްލެޓްފޯމްގައި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ވީ އަދި ކިރިޔާ އެވެ.
ދިރިއުޅުމުގެ ގިނަ ކަންކަން މީސް މީޑިއާގައި ހިއްސާ ކުރަމުންދާ އައްޒަގެ ބޮޑު ހުވަފެެނެއް ހަގީގަތަށްވިކަން އިއުލާނު ކޮށްފައި ވަނީ އޭނާގެ މީސް މީޑިއާ އެކައުންޓް ތަކުގައެވެ. އިންސްޓަ ވެރިފައި ކުރުމުން ރޭ ދަންވަރު 12 ޖެހިއިރު އައްޒަ ވަނީ އިންސްޓަ ޕޯސްޓަކުން އެކަން އިއުލާންކޮށްފަ އެވެ. އެ ޕޯސްޓުގައި އައްޒަ ބުނީ މިއީ އޭނާގެ ހުވަފެއް ހަގީގަތަކަށް ވުން ކަމަށެވެ.
އައްޒަގެ އިންސްޓަ ޕޮލޮވާސްގެ އަދަދު އުޅެނީ 109،000 އަށް ވުރެ މަތީގަ އެވެ. އޭނާ އެންމެފަހުން ފެނުނީ މިދިޔަ އެޕްރީލް މަހު ނެރުނު އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" އިންނެވެ. އޭނާ މިވަގުތު ހުރީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް މެލޭޝިއާގަ އެވެ.
ކޮމެންޓު ފޮނުވާ