އެފްއެސްއެމްގެ ތެޔޮ ބޯޓެއް ކޮމަންޑޫ ޖެޓީގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

އެފްއެސްއެމްގެ ތެޔޮ ބޯޓެއް ކޮމަންޑޫ ޖެޓީގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

Author
ހުސެއިން
14 ޖުލައި 2023 04:24
0

ށ. ކޮމަންޑޫއަށް ތެޔޮ އަންލޯޑު ކުރަމުންދަނިކޮށް، އެރަށު ޖެޓީގެ ޝީޓް ޕައިލްގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓް ފަޅައިގެން ގޮސްފިއެވެ.

އެފްއެސްއެމްއިން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ފަރސްޓް ސްކޮޑްރަންއަށް ލިބުމާއެކު ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން އެހީތެރިކަން ފޯރިކޮށްދެމުން ދާކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝީޓް ޕައިލްގައި ޖެހިގެން ވަނީ 8 އިންޗިވަރުގެ ތަނެއް ބާޖުންވަނީ ފަޅައިގެން ގޮސްފައެވެ. އަދި މިހާރު ބޯޓު ވަނީ ކައިރީގަ އޮތް ށ. މަތި ކޮމަންޑޫއަށް ބީއްސާލާފައެވެ.

އެމްއެންޑީއެފްއިން. ބުނެފައިވަނީ ބޯޓުން ފަޅައިގެން ދިޔަ ތަނުން ދިޔަވާން ފެށުމާއި ގުޅިގެން އުނގުރިއެއް ޖަހައިގެން މިހާރު ދިޔަވުން ކޮންޓްރޯލް ކުރެވިފައިވާ ކަމުގައެވެ.

މިހާދިސާ ހިނގުމާއެކު ހެނދުނު 10 ޖަހާލަންހާއިރުން ފެށިގެން އެމްއެންޑީއެފްއިން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.