ޑިފެންސް މިނިސްޓްރީގެ ނައިބް ޒަމީލް އިސްތިއުފާ ދެއްވައިފި

ޑިފެންސް މިނިސްޓްރީގެ ނައިބް ޒަމީލް އިސްތިއުފާ ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 03:13
0

ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީލް މަޤާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ. ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގެ އިތުރުން ޒަމީލް އަކީ ކައްދޫ އެއާޕޯޓްގެ ޗެއާމަންވެސް މެއެވެ. އޭނާ ވަނީ އެމަޤާމުންވެސް އިސްތިއުފާ ދެއްވާފައެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ޒަމީލް އިސްތިއުފާ ދެއްވާފައިވާއިރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު)ވެސް ވަނީ ސަރުކާރުން މިއަދު އިސްތިއުފާ ދެއްވާފައެވެ. ލޫކަސް މިހާތަނަށް ހުންނެވީ ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގައި ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރުގެ މަގާމުގަ އެވެ. މިއީ ސިޔާސީ މަގާމެކެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ މަޤާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.