މަޣްރިބު ނަމާދަށް ހުއްޓައި ދިވެހި އަންހެނަކު ނިޔާވެއްޖެ

މަޣްރިބު ނަމާދަށް ހުއްޓައި ދިވެހި އަންހެނަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2023 10:14
0

މިރޭ މަޣުރިބު ނަމާދަށްފަހު ދިވެހި އަންހެނަކު ވެއްޓި ނިޔާވެއްޖެއެވެ.

ނަމާދަށް ހުއްޓާ ނިޔާވީ، ފ. ނިލަންދޫ ފަހަމާ، ޒައިނަބް ސުލައިމާނެވެ. އޭނާ ނިޔާވީ އިންޑިޔާގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ އިންޑިއާއަށް ބޭސް ފަރުވާއަކަށް ގޮސް އުޅުއްވަނިކޮށެވެ. އާންމުކޮށް އިންޑިއާއަށްގޮސް އުޅޭ މިދެމަފިރިން އޮތީ މިހަފްތާގައި މާލެ އަންނަ ގޮތަށެވެ.

ޒައިނަބު ނިޔާވީ މިރޭ ނަމާދަށް ހުއްޓާ ކުއްލިއަކަށް ވެއްޓިގެން ހަބަރު ހުސްވެގެންނެވެ. ޒައިނަބު ނިޔާވިއިރު އުމުރަކީ 57 އަހަރެވެ. ޒައިނަބު ނިޔާވިއިރު ފިރިމީހާ ނާސިރާއި ދެބޭފުޅުންނަށް ދަރިން ލިބި ކާފަ ދަރިންވެސް ދުނިޔޭގައި އެބަތިއްބެވެ.

ޒައިނަބުގެ ކުއްލި މަރާއެކު މުޅި ނިލަންދޫއަަށް ވަނީ ކުއްލި ސިހުމެއް އައިސްފައެވެ. މިހިތާމާގައި މުޅި ނިލަންދޫ ވަނީ ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބްރާހީް އޙްމަދުުު ޞާލިޙު
އެއީ ސުވަރުގ ވާރުތ ވާނެ ކަމެއ ނޫން