އެކުގައި ކާމިޔާބު މަސައްކަތް ތަކެއް ކޮށްފައިވާ ޑައިރެކްޓަރު ސޫރަޖް ބަރްޖަޔަތީއާ އާއި ސްޕްސްޓާރު ސަލްމާން ހާން އެކުގައި އަނެއްކައިވެސް މަސައްކަތް ކުރަން ތައްޔާރުވެއްޖެއެވެ.
މީގެ ދުވަސްގަނޑެއް ކުރިން މިދެމީހުން އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުން ދާ ކަމަށާއި އަދި ދެމީހުން މީގެކުދިން އުފެއްދި ފިލްްމްއެއްގެ ރިމޭކެއް ހަދަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ގަދަވިއެވެ. ނަމަވެސް ފަހުން އެއަޑު ކެނޑި އަނެއްކައިވެސް އެވާހަކަތަށް މިވަނީ ދެކެވެން ފަށައިފައިއެވެ.
ބައެއް އަޕްޑޭޓް ތަކާއި އެކުގައި ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން މިވާހަކަ ދައްކަމުން އަންނަ އިރުގައި އެމީހުން އެކުގައި އުފައްދާ ފިލްމް އަށް މިހާރު ވަނީ ނަމެއް ލިބިފައިއެވެ. ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމް ގެ ނަމަކީ "ޕްރޭމް ކީ ޝާދީ" އެވެ. އަދި އެއީ ބޮޑު އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކާނެ ފެމެލީ ޑްރާމާ ފިލްމެކެވެ.
ސަލްމާން މިފަހުން އަންނަނީ ފެމެލީ ޑްރާމާ ފިލްމުތަކަށް ހާއްސަ އިސްކަމެއް ވެސް ދެމުންނެވެ. އަދި މި އަހަރު ރިލީޒް ކުރި އޭނާގެ "ކިސީ ކާ ބައި ކިސީ ކާ ޖާން" އަކީ ވެސް އާއިލީ ކަންތައްތަކެއް ދައްކާ ފިލްމެކެވެ. ނަމަވެސް ފިލްމް އަށް އުންމީދު ކުރިވަރުގެ ތަރުހީބެއް ލިބިގެން ގޮސްފައިއެއް ނުވެއެވެ.
"ހަމް ސާތު ސާތު ހޭ" އާއި "ހަމް އާޕްކޭ ހޭ ކޯން" ފަދަ ކާމިޔޞާު ފިލްމް ތަށް ގެެނެސްދިން ސޫރަޖް ބަރްޖަޔަތީއާއެކު ސަލްމާން އެންމެފަހުން މަސައްކަތްކުރީ 2015 ވަނަ އަހަރު އެވެ. އެއީ އޭނާ ޑައިރެކްޓްކުރި ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ"ގަ އެވެ.