ރައީސް ޞާލިހު ކެމްޕެއިން ކުރައްވަނީ އިދިކޮޅު ލީޑަރާއި، ޕާޓީ ކަސްތޮޅު އެޅުވުމަށްފަހު: ޑރ.ޖަމީލް

ރައީސް ޞާލިހު ކެމްޕެއިން ކުރައްވަނީ އިދިކޮޅު ލީޑަރާއި، ޕާޓީ ކަސްތޮޅު އެޅުވުމަށްފަހު: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 10:46
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންދަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށްފަހުގައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ކޯވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް ސަރުކާރުން ދޫކުރާ "ހާއްސަ ހުއްދަ" ލިބިގެން މާލެއިން ލ.އަތޮޅަށް ވަޑައިގެން ލ.އަތޮޅުގެ ގަމާއި ފޮނަދޫގައި އާއްމުން އެއްވާ ތަންތަނަށް ޒިޔާރަތްކޮށް، އާއްމުންނާއި ބައްދަލުކޮށް ހެދާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޑރ.ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައިގެން ކެމްޕެއިން ކުރުމަށް ބޮޑެތި ވަފުދު ހައްދަވައިގެން އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުތައް ހުއްޓަން ޖެހޭކަމަށެވެ.

ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ކޮންމެ ޕާޓީއަކަށްވެސް ދޭންޖެހޭއިރު، އެ އިންސާފާއި ހަމަހަމަ ކަން މިއަދު ރާއްޖެއިން ފެންނަމުން ނުދާކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޞާލިހާއި، ސަރުކާރުގެ ވަފުދުތައް އެއްވެސް ރައްކާތެރި ކަމެއްނެތި އަތޮޅު ތެރެއަށް ދަތުރު ކުރައްވާއިރު، ކޯވިޑް ފަތުރުމުގެ ފުރުސަތު ކުޑަކަމަށްދެކި އިއިދިކޮޅުން އަތޮޅު ތެރެެއަށް ދާއިރު ކޯވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވާންޖެހޭ ސަބަބެއް ނުވިސްނޭކަމަށް ޖަމީލް ވިދާޅުވިއެވެ.

އޮޅުވާލައިގެން ކެމްޕެއިން ކުރުން ހުއްޓާލައްވާ. ދަތުރުކޮށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުޞަތު އިދިކޮޅަށްވެސް އޮންނަންޖެހޭ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ސިޔާސީ ހަރަކާތް ހިންގަވަން އުޅުއްވަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށްފަހު. ޚުދުމުހުތާރު ވެރިކަން މިފެށުނީ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

މާރޗް މަހުގެ ތެރޭގައި ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، ކެންޕެއިން ކުރުމުގެ ހަމަ ހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅުންވަނީ މިކަމުގައި ކޯޓަށް ދިއުމަށް ނިންމާފައެވެ. ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރުން އަތޮޅު ތެރެއަށް ކުރާ ދަތުރުތައް ގިނަވަމުންދާއިރު ކޯވިޑް19 އާއި ގުޅިގެން މާލެ އިން ރަށްރަށަށް ދެވެނީ ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ 10 ދުވަހު ކަރަންޓީންވާޖެހޭ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.