ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޢަބްދުލް ޢަފޫރު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
އަދީބް ލީޑަރުކަން ކުރާ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް އިން ބުނީ އަދީބް މިރޭ ފުރީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.
އަދީބު ސިންގަޕޫރަށް ދަތުރު ކުރަމުން ދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުންނެވެ. އެޕާޓީން ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015-2018 އަށް އަދީބަށް ނުހައްގުން އަނިޔާދީ، ބޭސްފަރުވާ އަށް ހުރަސް އަޅާފައިވާ ކަމަށެވެ.
އެހެންނަމަވެސް، ރައީސް ސޯލިހުގެ ވެރިކަމުގައި، އަދީބު އަށް އެކަށީގެންވާ ބޭސްފަރުވާއެއް ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ކޮންމެ މީހަކަށްވެސް، އެމީހެއްގެ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއް.
– އެމްޓީޑީން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ